21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެޕަލް - ސެމްސަންގް

7 އަހަރު ފަހުން ކޮޕީރައިޓް މައްސަލައިގައި އެޕަލްއާއި ސެމްސަންގްގެ ތަޅާފޮޅުން ނިމުމަކަށް

  • މިމައްސަލަ ފެށުނީ 2011 ވަނަ އަހަރު ސެމްސަންގް އަތުން 2 ބިލިއަން ޑޮލަރު ހޯދަން އެޕަލްއިން ދައުވާކުރުމުން
މިއުވާން މުހައްމަދު | Miuvaan

| 28 ޖޫން 2018 | ބުރާސްފަތި 10:58 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


އެޕަލްއާއި ސެމްސަންގްގެ ކުރީގެ ފޯނުތަކެއް -- ގެޓީ އިމޭޖާސް

ސެމްސަންގް ކުންފުނިން އެޕަލް ކުންފުނީގެ އައިފޯންގެ ފީޗަރތަކެއް ކޮޕީކޮށްފައިވާކަމަށް ބުނެ ދެކުންފުނީގެ މެދުގައި ކޯޓުތަކުގައި ހިނގަމުންދިޔަ މައްސަލަތަކަށް 7 އަހަރު ފަހުން ނިމުމެއް އައިސްފިއެވެ. 

އެޕަލް އާއި ސެމްސަންގްއަކީ ސްމާރޓް ފޯން މާކެޓްގައި އެންމެ ވާދަވެރި 2 ކުންފުންޏެވެ.

މިމައްސަލަތައް ފެށުނީ 2011 ވަނަ އަހަރު އެޕަލް ކުންފުނިން ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏާއި ދެކޮޅަށް، އެކުންފުނީގެ ފިކުރީ މުދާ ވަގަށް ނެގިކަމަށް ބުނެ، ބަދަލުގައި 2 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެމެރިކާއަށް ނިސްބަތްވާ އެޕަލްއިން ތުހުމަތުކުރާ ގޮތުގައި ސެމްސަންގްއިން ވަނީ އެކުންފުނީގެ އައިފޯނުގެ ޑިޒައިން ބޭނުންކޮށްގެން ސެމްސަންގް ފޯނުތައް ހަދާފައެވެ. 

މިމައްސަލައިގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ކޯޓުތަކުގައި 2 ކުންފުނިން މައްސަލަތައް ކުރިއަށްގެންދަން ފެށިއެވެ. މިމައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ މައްސަލަ 2012 ވަނަ އަހަރު ނިމުނީ އެޕަލްއާއި އެއްކޮޅަށެވެ. އެމެރިކާގެ ކޯޓަކުން ސެމްސަންގް މައްޗަށް ހުކުމް ކުރީ އެޕަލްއަށް 1.05 ބިލިއަން ޑޮލަރު ދެއްކުމަށެވެ. ކޯޓުން ބުނީ ސެމްސަންގްއިން އެޕަލްގެ ޑިސްޕްލޭ ޕޭޓަންޓްތައް ހުއްދަނެތި ކޮޕީކޮށްފައިވާކަމަށެވެ. 

އެހެންނަމަވެސް މިމައްސަލަ ހިފައިގެން ކޯޓުތަކަށް ގޮސް، ސުޕްރީމް ކޯޓާއި ހަމަޔަށް ސެމްސަންގްއިން ގެންދިޔައެވެ. އަދި 2016 ވަނަ އަހަރު ސެމްސަންގްއާއި އެއްކޮޅަށް މިމައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމިއެވެ. އެހެންނަމަވެސް މިމައްސަލައިގައި ހިމެނޭ ޕޭޓަންޓްތަކުގެ މައްސަލަ ދަށު ކޯޓުތަކުގެ އަތްމައްޗަށް ސުޕްރީމް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ސެމްސަންގްއާއި އެޕަލްއިން އެއްބަސްވުމަކަށް އައިސްފައިމިވަނީ ދާދިފަހުން އެޕަލް ކުންފުންޏަށް ސެމްސަންގްއިން 539 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފައިވަނިކޮށެވެ. މިއީ ސުޕްރީމް ކޯޓުން ނިންމި މައްސަލައިގައި އެކޯޓުން ދަށު ކޯޓުތަކުގެ އިޚްތިޔާރަށް ދޫކޮށްލި ޕޭޓަންޓްތަކުގެ މައްސަލައެކެވެ. އެމައްސަލަ މިދިޔަ މެއި މަހު ކޯޓަށް ވެއްދުމުން ސެމްސަންގްއިން ބުނީ އެކުންފުނިން ދައްކަން ޖެހެނީ އެންމެ 28 މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް ޖޫރީން ނިންމީ ސެމްސަންގްއިން 539 މިލިއަން ޑޮލަރު އެޕަލްއަށް ދޭން ޖެހޭކަމަށެވެ. 

ސެމްސަންގްއާއި އެޕަލްއިން 7 އަހަރަށްފަހު ޕޭޓަންޓްތަކުގެ މައްސަލައިގައި އެއްބަސްވުމަކަށް އައިނަމަވެސް، މިއެއްބަސްވުމުގައި ހިމެނެނީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ޕޭޓަންޓްތަކުގެ މައްސަލަ ކޯޓުން ނިންމާފައިވަނިކޮށް އެމައްސަލަ 2 ކުންފުނިން ކޯޓުން ބޭރުގައި ނިންމީ ކިހިނެއްކަމެއް 2 ކުންފުނިންވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކޮޕީރައިޓްގެ މައްސަލައިގައި ދެ ކުންފުނިން އެކި ޤައުމުތަކުގެ ކޯޓުތަކުގައި ކޮށްފައިވާ ހުރިހާ ދައުވާތަކެއް މި އެއްބަސްވުމާއިއެކު ނިމުމަކަށް އަންނާނެކަމަށް މުހައްލިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް