15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޖޯ ޖެކްސަން

ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!

 • ޕެންކްރިއަޓިކް ކެންސަރ ޖެހި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޖޯ ނިވާނެފައި ވަނީ ބުދަ ދުވެހު ފަތުހުގެ ވަގުތެއްގައި
 • ޖޯގެ ދަރިފުޅު ޖެނެޓްއާ އޭނާއާ މައްސަލަތައް ޖެހިފައިވާ އިރު، ކާފަ ދަރިފުޅު ޕެރިސް ދެކެނީ އޭނާއަކީ ލެޖެންޑެއް ގޮތަށް
 • އެ މީހުންގެ އާއިލާގެ ބޭންޑް ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯ، އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް އޭނާ ގެންގުޅެފައިވާ އިރު އެކަމާ ގުޅިގެން ފަހުން ވަނީ މައްސަލަތައް ޖެހިފައި
އައިޝަތު ޝާނީ | Shaaknee

| 28 ޖޫން 2018 | ބުރާސްފަތި 10:44 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 7. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
 8. ވިޔަފާރިވެރިން އިސް ނަގައިގެން އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި


ޖޯ ޖެކްސަން، އާއިލާ މީހުންނާ އެކު ދަރިފުޅު މައިކަލްގެ ޖަނާޒާގައި -- އާކައިވް

މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބައްޕަ، ޖޯ ޖެކްސަން ބުދަ ދުވަހު ނިޔާވެފައިވާ އިރު، އޭނާގެ ޖަނާޒާގެ ކަންތަކާ ގުޅިގެން ދަރިފުޅު ޖެނެޓް އާއި ކާފަ-ދަރިފުޅު ޕެރިސްއާ މައްސަލަ ޖެހިއްޖެއެވެ.

ޖެނެޓް، 52، އަކީ ޖޯ އާއި އަންހެނުން ކެތަރިންގެ ހަގު ދަރިފުޅެވެ. އަދި 20 އަހަރުގެ ޕެރިސްއަކީ މައިކަލްގެ ދެވަނަ ދަރިފުޅެވެ.

ޑެއިލީ މެއިލުން ރިޕޯޓްކުރާ ގޮތުގައި، ކުރިން ވެސް މައްސަލަތައް ޖެހިފައިވާ މި ދެ މީހުންގެ ދޭތެރޭގައި މިހާރު މައްސަލަ ޖެހިގެން އުޅެނީ ޖަނާޒާގެ ކަންތަކަށް ހަރަދު ކުރާނެ މީހަކާ މެދެވެ.

އެގޮތުން، ރޭޑަރ އޮންލައިން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖެނެޓް ދެކޭ ގޮތުގައި ޕެރިސް ޖަނާޒާއަށް ހަރަދު ކުރުން ވެގެން ދާނީ "އާއިލާއަށް ލަދަކަށެވެ."

ޑެއިލީން މެއިލުން ބުނީ، މައްސަލަ އުޅެނީ ޖޯއާ މެދު ދެ މީހުން ދެކޭ ގޮތް ތަފާތު ވުމުގެ ސަބަބުން ކަމަށެވެ.

ޕެރިސް ދެކޭ ގޮތުގައި އޭނާގެ ކާފައަކީ "ލެޖެންޑެއް" އަދި އޭނާއާ މެދު ކަންތައް ކުރަން ޖެހޭނީ ވެސް އެފަދައިންނެވެ. ނަމަވެސް ޖެނެޓްއާ ޖޯގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށާއި މިއީ އާންމުންނަށް ދައްކާފައިވާ ކަންކަމެއް ނޫންކަން ޑެއިލީ މެއިލުން ބުންޏެވެ.

ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް އުޅޭކަން ފުރަތަމަ ދޭހަވީ، މި އަހަރުގެ މޭ މަހު ކުރިއަށް ދިޔަ ބިލްބޯޑް އެވޯޑްސްގައި ޖެނެޓްއަށް އައިކަން އެވޯޑް ލިބުނު އިރު އާއިލާގެ އެންމެންނަށް ދައުވަތު ދީފައިވީ ނަމަވެސް އޭނާއަށް ދައުވަތެއް ލިބިފައި ނުވާކަން ޕެރިސް ފާހަގަ ކުރުމުންނެވެ.

މި ހަފްތާގައި ރޭޑިއޯ ޑިޒްނީ މިއުޒިކް އެވޯޑްސްގެ އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްއާ ޖޯގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް ރިޕޯޓްތަކުގައިވީ ނަމަވެސް، އެ އިނާމާ ހަވާލުވަމުން އޭނާ ވަނީ ބައްޕައަށް ޝުކުރު އަދާކޮށްފައެވެ. އޭރު ޖޯއަށް ޕެންކްރިއަޓިކް ކެންސަރ ޖެހި ފަހު ސްޓޭޖްގައި އެޅޭ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފައެވެ.

ޖޯ އާއި ކެތަރިންގެ ދަރިފުޅު، އަދި ދުނިޔޭގެ ގިނަ ފަރާތެއްގެ ލޯބި ހޯދާފައިވާ މައިކަލް ޖެކްސަން ކުއްލިއަކަށް މަރުވެފައި ވަނީ 2009 ވަނަ އަހަރެވެ. މައިކަލް އަމިއްލަ ކާމިޔާބީ ހޯދުމުގެ ކުރިން އޭނާއަކީ 1970ގެ އަހަރުތަކުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އެ މީހުންގެ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯ އާއި ކުދިންނާ ދެމެދު އެކަމުގެ ސަބަބުން ފަހުން ގިނަ މައްސަލަތަކެއް ޖެހުނެވެ.

މައިކަލް އާއި ޖޯއާ ވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ. ނަމަވެސް 1993 ވަަނަ އަހަރު އޯޕްރާއަށް ދީފައިވާ އިންޓަވިއުއެއްގައި މައިކަލް ބުނެފައި ވަނީ "ބައްޕައަށް މާފު ކޮށްފިން" ކަމަށެވެ. އަދި ދުވަސްވީ ވަރަކަށާއި ކާފަ ދަރިން ގިނަވި ވަރަކަށް ބައްޕަ "ބަަދަލު" ވަމުން ދިޔަ ކަމަށް އޭނޭ ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް