19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

އެމެނުއެލް މެކްރޮން

ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި

  • ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި އުމުރުން 16 އަހަރު ފުރޭ ހުރިހާ ކުދިން ބައިވެރިކުރެވޭނެ
  • ޕްރޮގްރާމް ފެށުމަށްޓަކައި ވެސް 1.75 ބިލިއަން ޔޫރޯ ޚަރަދުވާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 28 ޖޫން 2018 | ބުރާސްފަތި 10:28 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ގައުމީ ޚިދުމަތް ތައާރަފްކުރުމަކީ ރައީސް އެމަނުއެލް މެކްރޮންގެ ރިޔާސީ އިންތިޚާބުގައި ފާޅުކުރައްވާފައިވާ ޚިޔާލެއް -- ގެޓީ އިމޭޖާސް

އުމުރުން 16 އަހަރު ފުރުމުން ގައުމީ ޚިދުމަތަށް ނެރުމުގެ ޕްލޭނެއް ފްރާންސްގެ ސަރުކާރުން ތައާރަފުކޮށްފިއެވެ.

މިއީ ފްރާންސްގެ ޒުވާނުންގެ މެދުގައި ގައުމީ އެއްބައިވަންތަކަން އާލާކޮށް މަދަނީ ޒިންމާ ހަނދާންކޮށްދިނުމަށް ރައީސް އެމަނުއެލް މެކްރޮންގެ ރިޔާސީ އިންތިޚާބުގައި ފާޅުކުރައްވާފައިވާ ޚިޔާލެކެވެ. ނަމަވެސް މިކަމުގެ ފައިދާ އޮތީ ވިސްނައި ނުދެވިއެވެ.

އަލަށް ތައާރަފް ކުރެވޭ ގައުމީ ޚިދުމަތުގައި އުމުރުން 16 އަހަރުގެ އަންހެން ފިރެހެން ހުރިހާ ކުދިން ބައިވެރިކުރާއިރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ކޮންމެ ކުއްޖަކަށް ވެސް ލާޒިމުވާއިރު އެ ފިޔަވަހީގައި އޮންނަނީ މަދަނީ އަދި ސަގާފީ ޚިދުމަތްތަކުގައި އެއްމަސް ދުވަސް ހޭދަކުރުމެވެ. ފްރާންސް ސަރުކާރުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ގުޅުންތައް ބަދަހިވެ މުޖުތަމައުގައި އެމީހުންގެ ދައުރު ތަރައްގީވެގެންދާނެއެވެ.

ހިލޭ ސާބަހަށް ކިޔަވައިދިނުމާއި އަދި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ އެކު މަސައްކަތްކުރުމާއި އަސްކަރިއްޔާ އާއި ފުލުހުންގެ ދައުރު އަދާކުރަން ތައްޔާރުވުމާއި ނުވަތަ ފަޔަރ ސަރވިސްގައި މަސައްކަތްކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

ދެވަނަ މަރުހަލާގައި ހިލޭ ސާބަހަށް މަސައްކަތްކުރާއިރު މަދުވެގެން ތިން މަހު އަދި ގިނަވެގެން އަހަރެއްހާ ދުވަހު މަސައްކަތްކުރަން ޖެހެއެވެ. މި މަރުހަލާގައި މަސައްކަތްކުރާއިރު އަސްކަރިއްޔާއާ ގުޅުން އޮތް ތަނެއްގައި މަސައްކަތްކުރުމަށް ބާރު އެޅި ނަމަވެސް ތަރިކަ އާއި ތިމާވެއްޓާއި ނުވަތަ އިޖުތިމާއީ ޚިދުމަތުގައި އުޅުން އިޚްތިޔާރު ކުރެވިދާނެއެވެ.

މި ޕްރޮގްރާމްގެ ޚިޔާލު ރައީސް މެކްރޮން ފުރަތަމަ ހުށަހެޅުއްވިއިރު އޮތީ  އުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ރައްޔިތަކު ވެސް މަދުވެގެން އެއްމަސް ދުވަހު އަސްކަރީ ތަޖުރިބާ ހޯދަން މަޖުބޫރުވާ ގޮތަށެވެ. ނަމަވެސް މިހާރު އެ އަށް ވުރެ ލުއިކޮށް އަދި ޔުނިވާސަލް ނޭޝަނަލް ސަރވިސްގެ ނަމުގައި ޕްރޮގްރާމް ވަނީ ފުޅާކުރެވިފައެވެ. މި ބަދަލު ގެނެވުނީ ޕްރޮގްރާމެ ޚަރަދު ބޮޑުވެ އަސްކަރިއްޔާއަށް އިތުރު ތަކުލީފަކަށް ވެދާނެކަމުގެ ކަންބޮޑުވުމާ އެކުއެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވެސް 1.6 ބިލިއަން ޔޫރޯއަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު ފެށުމަށްޓަކައި ވެސް 1.75 ބިލިއަން ޔޫރޯ ޚަރަދުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް