22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ބޮލީވޫޑް

އަމީތާބަށް ސަލްމާންގެ ނަމުން ގޮވައިފި

  • ގްލާސްގޯ އަށް ގޮސްފއިވަނީ ފިލްމް "ބަދްލާ" ޝޫޓް ކުރުމަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ޖޫން 2018 | ބުރާސްފަތި 09:13 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ބޮލީވޫޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން -- ގޫގުލް

ބޮބީވޫޑްގެ ތަރި އަމީތާބް ބައްޗަންއަކީ އިންޑިއާގައި އެކަނި ސްޓާރެއް ނޫނެވެ. އޭނާގެ ފޭނުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އުޅެއެވެ.

ސްކޮޓްލޭންޑްގެ ސިޓީއެއް ކަމަށްވާ ގްލާސްގޯގެ މަގުމަތީގައި ހިނގާފައި ދަނިކޮށް މީހަކަށް އޮޅިގެން އަމީތާބަށް ސަލްމާން ޚާންގެ ނަމުން މުޚާތަބު ކުރި ވާހަކަ އަމީތާބު ވަނީ ބުނެފައެވެ.

އަމީތާބް ގްލާސްގޯ އަށް ގޮސްފއި ވަނީ ތާޕްސީ ޕަންނޫއާ އެކު މިހާރު އޭނާ ކުޅެމުންދާ ސުޖޯއީ ގޯޝްގެ ފިލްމް "ބަދްލާ" ޝޫޓް ކުރުމަށެވެ.

ބުދަ ދުވަހު އަމީތާބް ކުރި ޓްވީޓްގައި ވަނީ ގްލާސްގޯގެ މަގުމަތީގައި ހިނގާފައި ދަނިކޮށް ކާރެއްގައި ދިޔަ މީހަކު "ހެއި ސަލްމާން ޚާން ހާލު ކިނެތްތޯ" އަހާފައިވާ ކަމަށެވެ. 

"ބަދްލާ" އަކީ ކާމިޔާބު ފިލްމް "ޕިންކް" އަށް ފަހު އަމީތާބާ އެކު ތާޕްސީ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. އަދި މިއީ ގޯޝްގެ ފިލްމުގައި އަމީތާބު މަސައްކަތް ކުރާ ހަތަރުވަނަ ފިލްމެވެ.

މީގެ ކުރިން އަމީތާބު ވަނީ ގޯޝްގެ ފިލްމް "ތީން" ، "ކަހާނީ" އަދި "އަލާދީން" ގައި މަސައްކަތް ކޮށްފައެވެ. އަމީތާބު ވަނީ އާމިރް ޚާނާއި ކެޓްރީނާ ކައިފްގެ އިތުރުން ފާތިމާ ސަނާ ޝެއިޚް ފެނިގެންދާ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގައި އޭނާ އަދާކުރާ ރޯލްގެ މަސައްކަތް ދާދީ ފަހުން ނިންމާލާފައެވެ.

މީގެ އިތުރުން އާލިއާ ބަޓް އާއި ރަންބީރު ކަޕޫރް ލީޑް ރޯލުން ފެނިގެންދާ އަޔާން މުކަރްޖީގެ ފިލްމް "ބްރަމަސްތްރާ" ގައި އޭނާ އަދާކުރާ ރޯލް ވެސް ވަނީ ނިންމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް