21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވޫޑް

ބަލަމުން މިދަނީ ރަނގަޅު ރޯލެއް ލިބޭތޯ: ބޮބީ

  • ފިލްމްގެ ލީޑު ރޯލު ކުޅެން ނުލިބުނު ކަމުގައިވިޔަސް މައްސަލައެއް ނެތް
  •  ބޭނުންވަނީ ބުރަކޮށް މަސައްކަތް ކޮށްގެން ރަނގަޅު ޕްރޮޖެކްޓްތަކެއް ހޯދުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ޖޫން 2018 | ބުރާސްފަތި 08:37 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ބޮބީ ޑިއޯލް -- ގޫގުލް

މިހާރު ބަލަމުންދަނީ ފިލްމަކުން ރަނގަޅު ރޯލެއް ލިބޭތޯ ކަމަށް ބޮލީވޫޑް އެކްޓަރ ބޮބީ ޑިއޯލް ބުނެފިއެވެ.

"ރޭސް 3" އިން ލިބުނު ކާމިޔާބީ އާއި އެކު ގިނަ ފިލްމްތަކެއް ކުޅުމަށް ފަރުސަތު ލިބޭނެ ކަމަށް ހީވޭތޯ ސުވާލު ކުރުމުން އުމުރުން 49 އަހަރުގެ ބޮބީ ބުނެފައި ވަނީ އެއީ އޭނާގެ ދިރިއުޅުމުގައި މިހާރު އެންމެ ބޮޑަށް ހާސިލް ކުރަން ބޭނުންވާ ކަންތައް ކަމަށެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ސަލްމާން ޚާންގެ "ރޭސް 3" އިން ފެނިގެން ދިޔަ ބޮބީ ބުނީ ފިލްމްގެ ލީޑު ރޯލު ކުޅެން ނުލިބުނު ކަމުގައިވިޔަސް މައްސަލައެއް ނެތް ކަމަށާއި ބޭނުން ވަނީ ބުރަކޮށް މަސައްކަތް ކޮށްގެން ރަނގަޅު ޕްރޮޖެކްޓްތަކެއް ހޯދުން ކަމަށެވެ.

ބޮބީ ބުނެފައި ވަނީ ފިލްމްތަކުގައި ކޮމެޑީ ރޯލް އަދާ ކުރަމުންދާ ކަމަށާއި ބޮޑަށް ބޭނުންވަނީ އެކްޝަން ފިލްމްތައް ކުޅުމަށް ކަމަށެވެ. އަދި އެފަދަ ރޯލްތައް ކުޅެން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބޮބީ ވަނީ ބުނެފައެވެ.

މަޝްހޫރު ފިލްމީތަރި ދަރުމެންދުރާގެ ހިޔަނީގައި ބޮބީ ބޮލީވުޑަށް ނުކުތީ ބެލުންތެރިންގެ މެދުގައި މަގްބޫލު ވެގެން ދިޔަ ފިލްމް "ބަރުސާތު" އިންނެވެ. ބޮބީ ދެން ފެނިގެންދާނީ ވެސް އޭނާގެ ބައްޕަ ދަރުމެންދުރާ އާއި ބޭބެ ސަނީ ޑިއޯލްއާ އެކު ކުޅޭ "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" އިންނެވެ. އާއިލާއާ އެކު މަސައްކަތްކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މި ތިން މީހުން ވަނީ ތަފާތު އެކި ފިލްމްތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "ޔަމްލާ ޕަގްލާ ދީވާނާ" އަދި "އަޕްނޭ" ފާހަގަކޮށްލެވެއެވެ. ބޮބީ ބުނެފައި ވަނީ އޭނާގެ ހިތްވަރަކީ ބައްޕަ ކަމަށާއި އޭނާ ބޮޑުފައި ވަނީ ބައްޕަގެ މަސައްކަތްތައް ބަލަމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް