23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފުޓުބޯޅަ

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

 • އާ ސީޒަނުގެ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރު ކުރުން
 • ބިދޭސީ ހަތަރު ކުޅުންތެރިން މި މަހު ޓީމާ ގުޅޭނެ
 • މިއަހަރުގެ ސީޒަން ވަރަށް ވާދަވެރިވާނެ
ނާފިއު ރަޝީދު | NaphiuR

| 17 ޖެނުއަރީ 2017 | އަންގާރަ 18:48 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ކްލަބް ގްރީން ސްޓްރީޓުގެ ރައީސް އަހުމަދު ޝަޒީން -- ގޫގުލް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމަށްޓަކައި ކްލަބް ގްރީން ސްޓްރީޓްގެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އާ ސީޒަނުގެ އަމާޒަކަށް ވާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރު ކުރުން ކަމަށް އެޓީމުގެ ރައީސް އަހުމަދު ޝަޒީން ވިދާޅުވެއްޖެ އެވެ.

 

ކުރިއަށް އޮތް ސީޒަނަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޝަޒީން ވިދާޅުވީ ޓީމުގެ ފަރިތަކުރުންތައް ހޯމަ ދުވަހު ފެށި އިރު، އަލަށް ގުޅުނު ގިނަ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

 

ޝަޒީން ވިދާޅުވީ ކުރިއަށް އޮތް ސީޒަނަކީ ވަރަށް ވާދަވެރިވާނެ ސީޒަނެއް ކަމަށާއި އެއާއެކު ހުރިހާ ކްލަބުތަކަކުން ވެސް ދުރާލާ ސީޒަނަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި ގްރީން ސްޓްރީޓުން ވެސް މިއަހަރަށް ވެވެން އޮތް އެންމެ ރަނގަޅަށް ތައްޔާރުވުމަށްޓަކައި ފަރިތަކުރުންތައް ފަށާފައިވާ އިރު، ކޮންމެ ދުވަހެއްގެ ވެސް ދެ އިރު ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

 

ގްރީން ސްޓްރީޓް ޓީމުގައި ޒުވާން އާ ކުޅުންތެރިން ގިނައިރު އެޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ބައެއް ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެގޮތުން އެޓީމުން ވަނީ މިދިޔަ ސީޒަންގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ފަރުހާދް އިސްމާއިލް (ފަރޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އަހުމަދު ރަޝީދު (އައްމަޑޭ) އާއި ޓީސީ އަށް ކުޅުމަށް ފަހު ދެވަނަ ޑިވިޝަންގެ ކްލަބު ޒެފްރޯލް އަށް އިރުޝާދު ދިން އަހުމަދު މުހައްމަދު އަދި ޓީސީ އަށް ކުޅުނު މުހައްމަދު ޝަފްރާޒް (ސައްޕެ) ގެނެސްފަ އެވެ.

 

ޝަޒީން ވިދާޅުވީ މިހާރު ތިބި ދިވެހި ކުޅުންތެރިންގެ އިތުރުން އެޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބިދޭސީ ހަތަރު ކުޅުންތެރިއަކު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކުޅުންތެރިން ވެސް މި މަހުގެ 25 ހިސާބުގައި ޓީމާއި ގުޅޭނެ ކަމަށެވެ. އެގޮތުން އެޓީމަށް ގެންނަން ނިންމާފައިވަނީ ފާއިތުވި ސީޒަންގައި ނިއުރޭޑިއަންޓްގެ ގޯލް ބެލެހެއްޓި ޖަޕާންގެ ކީޕަރު ޔުން ކޮޗީ ޔޫކްރޭންގެ ޑިފެންޑަރަކާއި، މިޑްފީލްޑަރެއްގެ އިތުރުން ހަމަ އެގައުމުގެ ފޯވާޑެކެވެ.

 

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުން މިއަހަރުގެ ސީޒަނަށް ނުކުންނަ ގްރީން ސްޓްރީޓުން ވަނީ ފާއިތުވި އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެހެންކަމުން މިއަހަރުގެ ސީޒަނުގައި އެ ކްލަބުން ތަފާތު ދައްކާނެ ކަމަށް ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް