20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވޫޑް

ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖް ކުރަނީތަ؟

  • އެންގޭޖްވުމަށް ރާވާފައިވަނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު
  • ނިކްގެ އިންޑިއާ ދަތުރަކީ ވެސް ޕްރިޔަންކާ ރާވާފައިވާ ދަތުރެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ޖޫން 2018 | ބުރާސްފަތި 00:20 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ނިކް އާއި ޕްރިޔަންކާ ރޭނަގޑުގެ ކެއުމަކަށް ދަނީ -- ޓްވިޓަރ

މިވަގުތު އިންޑިއާގެ ގޯއާގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވޫޑް އަދި ހޮލީވޫޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިއުންތެރިޔާ ނިކް ޖޯނަސް އެންގޭޖްކުރަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް އެންގޭޖް ކުރުމަށް ރާވާފައި ވަނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.

ނިކްގެ އިންޑިއާ ދަތުރަކީ ވެސް ޕްރިޔަންކާ ރާވާފައިވާ ދަތުރެއް ކަމަށާއި އެއީ ނިކްއަށް ޕްރިޔަންކާގެ އާއިލާއާ ބައްދަލުކޮށްދިނުމަށް ރޭވި ދަތުރެއް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ދެ މީހުން ސިއްރުން އެކަކު އަނެކަކަށް އެންގޭޖް ވެފައިވާ ކަމަށް ވާހަކަ ދެކެވެން ވަނީ ފަށާފައެވެ. މިދިޔަ ހަފްތާގައި މި ދެތަރިން ޑޭޓަށް ދިޔައިރު ދެ މީހުންގެ އަތުން ވެސް އެއްވައްތަރުގެ ރަން އަނގޮޓި ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހުކުރު ދަވަހުގެ ރޭ "ޑިނާ ޑޭޓް" އަށް ދިޔައިރު މި ދެތަރިން އަތުގުޅައިގެން ދިޔަ މަންޒަރު ފެނިފައި ވެއެވެ. މި ޑިނާގައި ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ވެސް ވަނީ ބައިވެރިވެފައެވެ.

ނިކްއާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކުން ސުވާލު ކުރުމުން މަދޫ ބުނެފައި ވަނީ ނިކްއާ މެދު އެއްޗެއް ބުނަން އަދި މާއަވަސް ކަމަށެވެ. އެމީހުން ދިޔައީ ރޭގަނޑުގެ ކެއުމަކަށް ކަމަށާއި އެ ޑިނާގައި ނިކް ވެސް ބައިވެރިވި ކަމަށެވެ. އެތާގައި އޭނާ ނުދަންނަ ގިނަ މީހުން ތިބުމުގެ ސަބަބުން ނިކް ވާހަކަދައްކަން ފުރުސަތު ނުލިބުނު ކަމަށް މަދޫ ވަނީ ބުނެފައެވެ. އަދި މިއީ އޭނާ ނިކް އާއި ދިމާވި ފުރަތަމަ ފަހަރު ކަމަށް މަދޫ ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅު ނިކް ވަނީ އޭނާގެ އާއިލާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ގޮވައިގެން ގޮސްފައެވެ.

އެ ހަފްލާގެ ތެރެއިން ޕްރިޔަންކާ އާއި ނިކް އާއިލާ ވަނީ ބައްދަލުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް