18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ތެޔޮ ރިގްތައް

ތެޔޮ ރިގްތައް ނައްތާލުމަށް ކުރާ ޚަރަދުން ދެ ބިލިއަން ޑޮލަރު ކުޑަވެއްޖެ

  • ފުރަތަމަ އަންދާޒާ ކުރެވުނީ 78.7 ބިލިއަން ޑޮލަރަށް ޚަރަދު އަރާނެ ކަމަށް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 27 ޖޫން 2018 | ބުދަ 23:34 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޖަރުމަނާއި ނޯވޭ އަދި އިގިރޭސިވިލާތު ކަނޑު އިންވެގެން ގާއިމުކޮށްފައިވާ އޮއިލް ރިގެއް -- ޓްވިޓަރ

ޖަރުމަނާއި ނޯވޭ އަދި އިގިރޭސިވިލާތު އިންވެގެން އޮންނަ ކަނޑުގެ ތެރޭގައި ނައްތާލަން ނިންމާފައިވާ ތެޔޮ ރިގްތައް ނައްތާލުމަށް ދާނެ ކަމަށް އަންދާޒާ ކުރެވުނު ޚަރަދުން 2.6 ބިލިއަން ޑޮލަރު ކުޑަ ކުރެވިއްޖެ ކަމަށް އޮއިލް އެންޑް ގޭސް އޮތޯރިޓީ (އޯ.ޖީ.އޭ) އިން ބުނެފިއެވެ.

އޯ.ޖީ.އޭ އިން މިދިޔަ އަހަރު ބުނީ އެތަންތަން ނައްތާލުމަށް 78.7 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އެ ޚަރަދުތައް ދައްކަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ސަރުކާރާއި އެތަން ހިންގައިފައިވާ މީހުންނާ ދެމެދު ހަމަހަމައަށް ބަހާލައިގެންނެވެ.

އެތަން ނައްތާލުމަށް ހަވާލުވެފައިވާ ފަރާތްތަކުން ދަނީ ޚަރަދުތައް ކުޑަކުރުމަށް ދިރާސާތައް ކުރަމުންނެވެ.

އޯ.ޖީ.އޭ އިން ބުނީ ތެޔޮ ރިގް ނައްތާލުމުގައި ކުރަން ޖެހޭ ކަންތައްތައް އިތުރުވެފައި ވީނަމަވެސް، އަންދާޒާކުރެވުނު ޚަރަދުގެ އަގު ކުޑަވެ 76.5 ބިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށެވެ.

އޯ.ޖީ.އޭގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ގަންތާ ނިއުކޮމްބޭ ވިދާޅުވީ ތެޔޮ ރިގް ނައްތާލުމުގައި ގިނަ ކުރިއެރުންތައް ލިބިފައިވާ ކަމަށާއި އަދި އެކަމަށް ދާ ޚަރަދު ވީހާ ވެސް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިކަން ކުރުމުގައި ސަރުކާރާއި، އޯ.ޖީ.އޭ އަދި އެތަންތަން ހިންގުމާ ހަވާލުވެފައިވާ ފަރާތްތައް މަސައްކަތް ކުރަމުން ދަނީ ވަރަށް އެކުއެކީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް