14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

އެމެރިކާގެ ޓެކްސް ނެގުން

ޓެކްސް ނެގުން އިތުރުކުރާނެ ކަމަށް ބުނެ ހާލީ ޑޭވިޑްސަންއަށް ޓްރަމަޕްގެ ވަރުގަދަ އިންޒާރެއް

  • ސައިކަލުތައް އެމެރިކާގައި އުފައްދުމުގެ އަގު ވަނީ ބޮޑުވެފައި
  • އެހެން ބައްރެއްގަ ޕްރޮޑަކްޝަން ބައެއް އުފައްދަން ނިންމީ މި ފަހަކުން ނެތް ނޫން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 27 ޖޫން 2018 | ބުދަ 23:26 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް -- ގޫގުލް

އެމެރިކާގެ ދުވަސްވެފައިވާ މަޝްހޫރު ސައިކަލު އުފައްދާ ކުންފުނި، ހާލީ ޑޭވިޑްސަން އިން ގައުމުން ބޭރުގައި ސައިކަލް އުފައްދަން ފަށައިފިނަމަ ހީވެސް ނުކުރާހާ ބޮޑެތި އަދަދުން ޓެކްސް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ހާލީ ޑޭވިޑްސަންގެ ޕްރޮޑަކްޝަން ގޮތްޕެއް އެހެން ގައުމެއްގައި ހުޅުވާނެ ކަމަށް އިއުލާން ކުރުމުން ޓްރަމްޕް ވަނީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ހާލީ ޑޭވިޑްސަންގެ އުފެއްދުންތައް އުފައްދަން ޖެހޭނީ ހަމައެކަނި އެމެރިކާގެ ފަސްގަނޑުގައި ކަމަށާއި އެ ކުންފުނިން އެހެން ގައުމެއްގައި ގޮތްޕެއް ހުޅުވުމަށް އިއުލާން ކުރީ ފިނޑިކަމުން ކަމަށެވެ. ހާލީ ޑޭވިޑްސަންއިން އެހެން ގައުމެއްގައި އެކުންފުނީގެ ގޮތްޕެއް ހުޅުވުމަށް ނިންމީ އެމެރިކާއާއި ޔޫރަޕާއި ދެމެދު ކުރެވެމުންދާ އިގްތިސާދީ ހަނގުރާމާގައި ދެ ފަރާތުން ވެސް ޓެކްސް ނަގާ މިންވަރު ބޮޑުކުރުމާއި ގުޅިގެންނެވެ.

ޓްރަމްޕް ވިދާޅުވީ އެ ކުންފުންޏަކީ ފިނޑި ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް އެމެރިކާ ދިފާއު ކުރުމަށް އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރެވޭ ކަމަށެވެ. ވަރުގަދަ ބަހުގެ ހަމަލާތަކެއް ހާލީ ޑޭވިޑްސަންއަށް ޓްރަމްޕް ދީފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. 

ގޮތްޕެއް ހުޅުވާނެ ކަމަށް ހާލީ ޑޭވިޑްސަންއިން ހޯމަ ދުވަހު އިއުލާން ކުރއިރު، އެ ކުންފުނިން ބުނީ އެމެރިކާއިން ބޭރުގައި ސައިކަލް އުފައްދަން ނިންމީ އެމެރިކާއާއި ޔޫރަޕާއި ދެމެދު ޓެކްސްގެ ހަނގުރާމައެއް ފެށުމާއި ގުޅިގެން ސައިކަލްތައް އުފެއްދުމަށްދާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. އެ ކުންފުނިން މިހާރު ސައިކަލްތައް އެމެރިކާގައި އުފައްދަމުންދާއިރު އުފައްދާ ކޮންމެ ސައިކަލަކަށް އިތުރަށް 2،200 ޑޮލަރު އަރައެވެ. 

ހާލީ ޑޭވިޑްސަން އަކީ އެމެރިކާގެ ދުވަސްވީ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ތިން ޕްރޮޑަކްޝަން ގޮތްޕެއް މިހާރުވެސް ގައުމުން ބޭރުގައި ގާއިމުކޮށްފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް