19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ގަތަރުގެ މައްސަލަ

ޔޫއޭއީއާއި ދެކޮޅަށް ގަތަރުން ހުށަހެޅި މަައްސަލަ ބަލަންފަށައިފި

  • ޔޫއޭއީ އިން ދޭ ރައްދު ހުށަހަޅާނީ ބުރާސްފަތި ދުވަހު
  • ޤަތަރުގެ ސަރުކާރުން ބުނެފައިވާގޮތުގައި ޔޫއޭއީއިން ވަނި ގަތަރާމެދު ތަފާތުކުރުން ގެންގުޅެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 27 ޖޫން 2018 | ބުދަ 22:32 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ގަތަރާއިމެދު ޔޫއޭއީއިން ފިޔަވަޅު އަޅާފައިވަނީ ޖޫން 2015 ގައި -- ގޫގުލް

ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އިން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށް ބުނެ ގަތަރުން ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

ގަތަރުން ހުށަހަޅާ މައްސަލަ އެ ގައުމުގެ ފަރާތުން ވަކާލާާތުކުރައްވާ ވަކީލުން ބުދަ ދުވަހު އައިސީޖޭއަށް ހުށަހަޅާފައިވާއިރު ޔޫއޭއީ އިން ދޭ ރައްދު ހުށަހަޅާނީ ބުރާސްފަތި ދުވަހުއެވެ.

ޔޫއޭއީއާއި ދެކޮޅަށް ގަތަރުން މައްސަލަ ހުށަހެޅި އެ ގައުމުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ގައުމާއިއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ސައުދީ އަރބިއްޔާއާއި، ޔޫއޭއީއާއި ބަހްރެއިނާއި މިސްރުން ކަނޑާލިތާ އަހަރެއް ވީ މި އަހަރުގެ ޖޫންމަހުގެ ކުރީކޮޅުއެވެ.

އެ ގައުމުތަކުން މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ގަތަރާއި ގުޅުން ކަނޑާލާފައިވާއިރު އެ ގައުމުތަކުން ކުރާ ތުހުމަތު ގަތަރުން ދޮގު ކުރެއެވެ.

ޤަތަރުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޔޫއޭއީއިން ވަނީ ގަތަރާމެދު ތަފާތުކޮށް ސިލްސިލާ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ގަތަރުގެ ރައްޔިތުން އެ ގައުމުން ފޮނުވާލުމާއި ،އެ ގައުމުގެ ރައްޔިތުން ޔޫއޭއީއަށް ދިއުމާއި، އެ ގައުމު ހުރަސްކުރުމާއި ،އެ ގައުމުގެ ވައިގެ ސަރަހައްދު މަނާކުރުމާއި އަދި ކަނޑުގެ ބަނދަރުތައް ބޭނުންކުރުން މަނާ ކޮށްފައިވެއެވެ.

ޤަތަރުން ބުނެފައިވަނީ އެ ފިޔަވަޅުތަކަކީ ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝިއަލް ޑިސްކްރިމިނޭޝަންއާއި ޚިލާފު ކަންކަން ކަމަށެވެ. އަދި ވަކި ގައުމަކަށްވީތީ ތަފާތު ކުރުމެއް ކަމަށް ގަތަރުން ބުނެފައިވާއިރު ދެ ގައުމަކީ ވެސް އެ މުއާހަދާގައި ސޮއިކޮށްފައިވާ ދެ ގައުމެވެ.

ސައުދީ އަރިބިއްޔާއާއި ބަހްރެއިނާއި މިސްރަކީ އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކެއް ނޫނެވެ.

ޤަތަރުން އެދިފައިވަނީ އެ މުހާދާއަށް ޔޫއޭއީ ތަބާވުމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ނައްތާލައި ގަތަރުގެ ރައްޔިތުންގެ ހައްގުތައް އިއާދަ ކޮށްދިނުމަށް އަމުރެއް ކޮށްދިނުމަށެވެ.

ގަތަރުން އައިސީޖޭއަށް ވަޑައިގެންނެވި އެއް މަންދޫބު މުހައްމަދު އަބްދުލް އަޒީޒް އަލް ޚުލައިފީ އަޑުއެހުމުގައި ވިދާޅުވީ ގަތަރުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެނޫން ގޮތެއް ނެތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް