22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މެކްސިކޯ ގޮވައިގެން ސްވިޑެން ދެވަނަ ބުރަށް

  • ސްވިޑެން ވަނީ 3-0 އިން މެކްސިކޯ ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 22:26 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ސްވިޑެންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ދެވަނަ ބުރުން މެކްސިކޯ އަދި ސްވިޑެން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ފިޔަވަހީގެ އެންމެފަހު މެޗުގައި މި ދެޓީމު ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ސްވިޑެންއެވެ. މި މެޗުން މެކްސިކޯ ބަލިވި ނަމަވެސް ގްރޫޕްގެ ދެވަނަ މެޗުގެ ނަތީޖާ ނުކުތް ގޮތުން އެޓީމަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައެވެ.
މިއީ މި ދެ ޓީމުގެ މެދުގައި ވާރލްޑް ކަޕްގައި ކުޅުނު ދެވަނަ މެޗަށްވާއިރު އެންމެ ފަހުން 1958 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރީ ސްވިޑެންއެވެ.

މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގައި އިތުރަށް ކުރިޔަށް ދިޔުމަށް ސްވިޑެންއަށް އޮތީ މޮޅެއް ހޯދަން މަޖުބޫރުވެފައެވެ. ދެ ޓީމުން ވެސް މި މެޗަށް ނެރެފައި ވަނީ އޭގެ ކުރީ މެޗުގައި ވެސް ނެރުނު ފުރަތަމަ އެގާރައެވެ.

ފުރަތަމަ ހާފު ފެށިގެން ސްވިޑެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގައި މެކްސިކޯގެ ކުޅުންތެރިންނަށް ރަނގަޅު ހަމަލާއެއް އުފެއްދިފައިނުވާއިރު ދެ ޓީމުންކުރެ ޓީމެއްގެ ފަރާތުން ވެސް ލަނޑެއް ފެނިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސްވިޑެންއިން ވަނީ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އޮގަސްޓިންސަންއެވެ. ސްވިޑެންގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކެޕްޓަން ގްރަންކަވިސްޓްއެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސްވިޑެންގެ ލީޑު ފުޅާވެގެންދިޔައިރު މިއީ މެކްސިކޯގެ އެޑަސަން އަލްވަރޭޒްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަލްވަރޭޒް އަތުން ބައިކޮޅަށް ވަން ލަނޑަކީ މިއަހަރުގެ ވާރލްޑް ކަޕްގައި ބައިކޮޅަށް ޖެހި ހަތްވަނަ ލަނޑެވެ. މިއީ އެއް ވާރލްޑް ކަޕެއްގައި އެންމެ ގިނައިން ބައިކޮޅަށް ލަނޑު ވަން ވާރލްޑް ކަޕެވެ. ހަމައެހެންމެ މެކްސިކޯގެ ޖީޒަސް ގަލާޑޯއަށް މެޗުގެ 12 ވަނަ ސިކުންތުގައި ދެއްކި ރީނދޫ ކާޑަކީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ދެއްކި އެންމެ އަވަސް ކާޑެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ވަނީ 2-0 އިން އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު ބަލިކޮށްފައެވެ.

މި ބައްޔާއެކު ޖަރުމަނު މިއަހަރުގެ ވާރލްޑް ކަޕް ގްރޫޕް ފިޔަވަހި ނިންމާލީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ސްވިޑެން ހޯދިއިރު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކޮލިފައި މެކްސިކޯއަށް ވެސް ލިބުނީ ހަ ޕޮއިންޓްއެވެ. ގްރޫޕްގެ ތިންވަނަ ދެކުނު ކޮރެއާއިން ހޯދިއިރު ޖަރުމަނަށް ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް