24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ޖޯ ޖެކްސަން

މައިކަލް ޖެކްސަންގެ ބައްޕަ މަރުވެއްޖެ

  • މަރުވި އިރު އުމުރުން 89 އަހަރު
  • މަރުވީ ކެންސަރަށް ފަރުވާ ކުރަމުންދަނިކޮށް
ސިމާހާ ނަސީމް | sim_kamana

| 27 ޖޫން 2018 | ބުދަ 21:57 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މައިކަލް ޖެކްސަން އޭނާގެ ބައްޕަ ޖޯ އާއި މަންމަ ކެތުރީން ފޮޓޯއަކަށް ހުއްޓިލައިގެން -- ގޫގުލް

މިއުޒިކް ދުނިޔޭގެ ލެޖެންޑް މައިކަލް ޖެކްސަންގެ ބައްޕަ ޖޯ ޖެކްސަން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖޯ މަރުވެފައިވަނީ ބުދަ ދުވަހު ލޮސް އެންޖަލިސްގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވި ވަގުތު އަންހެނުން ކެތުރީން އޭނާގެ ގާތުގައި ހުރި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

89 އަހަރުގެ ޖޯ މަރުވިއިރު އޭނާ އަށް ވަނީ ޕެންކްރިއަޓިކް ކެންސަރ ޖެހިފައެވެ. އަދި އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައެވެ.

ފާއިތުވި އަހަރުތަކުގައި ޖޯގެ ހާލު ވަރަށް ދެރަ ކަމަށް ރިޕޯޓްތަކުގައިވެއެވެ. އެގޮތުން، އޭނާއަށް ޑިމެންޝިއާ އަދި ސްޓްރޯކްތައް ޖެހިފައިވާ އިރު، މަދުވެގެން އެއް ފަހަރު ހާޓް އެޓޭކެއް ވެސް ވަނީ ޖެހިފައެވެ. މީގެ އިތުރުން، މީގެ އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއްވެ، ޖޯއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖޯ އާއި ކެތަރިންގެ ދަރިފުޅު، އަދި ދުނިޔޭގެ ގިނަ ފަރާތެއްގެ ލޯބި ހޯދާފައިވާ މައިކަލް މަރުވެފައިވަނީ 2009 ވަނަ އަހަރެވެ. މައިކަލް އަމިއްލަ ކާމިޔާބީ ހޯދުމުގެ ކުރިން އޭނާ އަކީ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެކެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯ އާއި ކުދިންނާ ފަހުން ގިނަ މައްސަލަތަކެއް ވަނީ ޖެހިފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން އަކީ ވެސް އެ އާއިލާ މީހެކެވެ. އަދި އޭނާ އަށް އެ  ދާއިރާ ދަސްކޮށްދީފައިވަނީ ބައްޕަ ޖޯއެވެ. އެހެންކަމުން، ޖޫން 22 ވަނަ ދުވަހު ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ ޑިޒްނީ މިއިޒިކް އެވޯޑްސްގައި އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްވަނީ އޭނާގެ ކާމިޔާބީއަށް ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް