19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: 80 އަހަރަށް ފަހު ގްރޫޕް ފިޔަވަހިން ޖަރުމަނު ކަޓައިފި

  • ޖަރުމަނު ކެޓީ ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވުމުން
  • ޖަރުމަނު ދިޔައީ ގްރޫޕްގެ ފުލަށް
  • މި ގްރޫޕްގެ ދެވަނަ މެޗުގައި ސްވިޑެންއިން ވަނީ 3-0 އިން މެކްސިކޯ ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 21:52 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


ޖަރުމަނު އަދި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން - ގްރޫޕް ފިޔަވަހިން ޖަރުމަނު އެންމެފަހުން ކެޓީ 1938 ވަނަ އަހަރު -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގްރޫޕް ފިޔަވަހިން އެންމެފަހުގެ ޗެމްޕިއަން ޖަރުމަނު ކަޓައިފިއެވެ.

މިފަހަރުގެ ވާރލްޑް ކަޕްއިން ޖަރުމަނު ކެޓީ ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ކަޒާން އެރީނާގައި ކުޅުނު މި މެޗު ވެގެންދިޔައީ ޖަރުމަނަށް މޮޅުވާން މަޖުބޫރު މެޗަކަށެވެ. މި މެޗުގެ ކުރިން ވާރލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކާއި ދެކޮޅަށް ޖަރުމަނު ކުޅުނު ފަސް މެޗުން ވެސް އެޓީމު އޮތީ މޮޅުވެފައެވެ.

ޖަރުމަނުގެ ޓީމުން ފަސް ބަދަލެއް ފެނިގެން ދިޔައިރު ތޯމަސް މުލަރ އަދި ހޫލިއަން ޑްރެކްސްލަރ އާއި ސެބެސްޓިއަން ރޫޑީގެ އިތުރުން އެންޓޯނިއޯ ރޫޑިގަރ ވަނީ ބެންޗް ކޮށްފައެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ މެސުޓް އޮޒިލް އާއި ސެމީ ކެދީރާ އަދި ލިއޯން ގޮރެޓްޒްކާގެ އިތުރުން މެޓްސް ހުމެލްސްއަށެވެ. ދެކުނު ކޮރެއާގެ ޓީމަށް އެޓީމުގެ ކޯޗު ވެސް ވަނީ ހަތަރު ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ޖަރުމަނުންނެވެ. ޖަރުމަނުގެ ހަމަލާތައް ހުއްޓުވުމަށް ދެކުނު ކޮރެއާގެ ކުޅުންތެރިން ގިނަ ފައުލްތަކެއް ކުރިއިރު އެޓީމުން ވެސް ވަނީ ހަމަލާ އުފައްދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ޓީމޯ ވޯނަރ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ކުޅުން ވަރުގަދަ ކޮށްފައެވެ. ޖަރުމަނުން އުފައްދަމުން ދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ދެކުނު ކޮރެއާގެ ކީޕަރު ޗޯއެވެ. ދެވަނަ ހާފުގައި ޖަރުމަނުގެ މުޅި ޓީމު އެއްކޮށް ކުރިޔަށް ޖެހިގެން ކުޅުނުއިރު ކޮރެއާގެ ކުޅުންތެރިން ވަނީ ކައުންޓާ އެޓޭކްގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ޖަރުމަނުގެ ކުޅުންތެރިންނަށް އެކުޅުންތެރިން އުފެއްދި ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނުއިރު ކޮރެއާއިން ލަނޑު ޖެހީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކިމްއެވެ. ކޮރެއާގެ ދެވަނަ ލަނޑު މުޅިން ހުސް ގޯލަކަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންއެވެ.

މި މެޗުން ބަލިވެ ޖަރުމަނު ކެޓުމާއެކު އެންމެފަހުން ބޭއްވި ތިން ވާރލްޑް ކަޕްގެ ޗެމްޕިއަނުން ވެސް ވަނީ ޖެހިގެން އައި ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހިން ކަޓާފައެވެ. މިއީ 1938 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހިން ޖަރުމަނު ކެޓި ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ސްވިޑެންއިން ވަނީ 3-0 އިން މެކްސިކޯ ބަލިކޮށް ގްރޫޕްގެ އެއްވަނަ މަގާމު ހޯދާފައެވެ.

މި ބައްޔާއެކު ޖަރުމަނު މިއަހަރުގެ ވާރލްޑް ކަޕް ގްރޫޕް ފިޔަވަހި ނިންމާލީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ސްވިޑެން ހޯދިއިރު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކޮލިފައި މެކްސިކޯއަށް ވެސް ލިބުނީ ހަ ޕޮއިންޓްއެވެ. ގްރޫޕްގެ ތިންވަނަ ދެކުނު ކޮރެއާއިން ހޯދިއިރު ޖަރުމަނަށް ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް