16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފީފާ ވާރލްޑް ކަޕް 2018

ޖަރުމަނުވިލާތް ގުރޫޕް މަރުހަލާއިން ކަޓަންޖެހޭ ސަބަބެއް ނުވިސްނޭ!

 • ޖަރުމަނުން ވަނީ ހަތަރު ފަހަރު މި މުބާރާތް އުފުލާލާފައި
 • އެންމެފަހުން ބޭއްވި މުބާރާތުގައި ބްރެޒިލް ކޮޅަށް އެގައުމުން ހަތް ލަނޑު ޖެހި
 • ޖަރުމަނު ވަނީ މިއަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން ބަލިވެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 19:13 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


2014 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ތަށި ޖަރުމަނުން އުފުލާލަނީ - ޖަރުމަނަކީ ފުޓްބޯޅައިގައި ވަރަށް މުއްސަދި ތާރީހެއް އޮތް ގައުމެއް -- ގެޓީ އިމޭޖާސް

ޖަރުމަނުވިލާތަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ކާމިޔާބު ޤައުމުތަކުގެ ތެރޭގައި ހިމެނޭ، "ފީފާ" ދުނިޔޭގެ ތަށީގެ ފުޓްބޯޅަ މުބާރާތްތަކުގައި އެއް ފެންވަރެއްގައި ހިފަހައްޓާ ޓީމެކެވެ. މިހާތަނަށް ބޭއްވި ދުނިޔޭގެ ތަށީގެ 20 މުބާރާތުގެ ތެރެއިން ޖަރުމަނުވިލާތުން ކުޅެފައިވާ 18 މުބާރާތުގެ ސެމީފައިނަލާއި ހަމައަށް 12 ފަހަރަކު ދަތުރުކޮށް، 8 މުބާރާތެއްގެ ފައިނަލްކުޅެ، 4 މުބާރާތެއްގެ ތަށިހޯދާ، 4 މުބާރާތެއްގެ 2 ވަނަ ލިބި އަދި 4 މުބާރާތެއްގައި 3 ވަނަ މަޤާމު ހޯދާފައިވާ ޤައުމެކެވެ. ދުނިޔޭގެ ފުޓްބޯޅަ ޓީމުތަކުގެ ގަދަފަދަ ކަމުގެ މިންވަރުން މިޓީމު %67 ގައި ހުރުމަކީ ފުޓްބޯޅައިގެ އެހެންއެއްވެސް ޤައުމަކަށް ކައިރިކުރެވޭ ތަފާސްހިސާބެއް ނޫނެވެ. މީގެ އިތުރަށް މިޤައުމުން މިމުބާރާތުގެ ފުރަތަމަ ބުރުން ބޭރުވެފައިވަނީ ހަމައެކަނި 1938ވަނަ އަހަރުގެ މުބާރާތުގައެވެ. އެހެން ހުރިހާ ފަހަރަކު ކުއަޓަރ ފައިނަލްއަށްވުރެ ދަށުން ފެއިލްވެފައެއް ނެތެވެ. ޖަރުމަނަކީ، މިހާތަނަށް ދުނިޔޭގެ ތަށީގެ މުބާރާތްތަކަށް ކޮލިފައިވުމުގައި ނާކާމިޔާބުވެފައި ނެތް ބަޔެކެވެ.  އެޤައުމަށް ބައިވެރިނުވެ ދޫވެފައިވަނީ 1930 ވަނަ އަހަރުބޭއްވި ފުރަތަމަ މުބާރާތާއި 1950 ވަނަ އަހަރުގެ މުބާރާތެވެ. މިގޮތުން ފުރަތަމަ މުބާރާތް ބާއްވާފައިވަނީ ހުޅަނގު ބައްރުގެ އައްސޭރިން ފެށިގެން އެތައްހާސްމޭލަކަށް ދެމިފައިވާ މާސިންގާ ކަނޑެއްގެ އަނެއްފަރާތުގައި އޮންނަ ދެކުނު އެމެރިކާގައި ކަމުން،  އެއް އައްސޭރިން އަނެއް އައްސޭރިއަށް ދިޔުމަށް 3 ހަފްތާގެ ކަނޑުދަތުރެއް ކުރަންޖެހުމާއި، އެދުވަސްވަރު ހުޅަނގުގެ ގިނަޤައުމުތަކުން ތަޙައްމަލުކުރަމުންދިޔަ "ބޮޑުތަދު" (ދަ ގްރޭޓް ޑްޕްރެޝަން) ގެ ސަބަބުން މި މުބާރާތަށް ދަތުރުކުރުމަށް ހާލަތު ތަންދިން ހުޅަނގުގެ 4 ޤައުމުގެ ތެރޭގައި ގަދަފަދަ އިނގިރޭސިނާއި ފަރަންސޭސިން އަދި އިޓަލީވިލާތުގެ އިތުރަށް ޖަރުމަނުވިލާތްވެސް ހިމެނިފައެއް ނުވެއެވެ. އަދި 2 ވަނަ ބޮޑު ހަނގުރާމައިގެ ފަހުން 1950 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ތަށީގެ މުބާރާތުގައި ޖަރުމަނުވިލާތަށް ފުރުސަތު ނުލިބުނީ އެ ހަނގުރާމައިގާ ޖަރުމަނުން ހިންގި ޢަމަލުތަކަށް ބައިނަލްއަޤުވާމީ ދުނިޔެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފުރުސަތު ނުލިބިގެންނެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ޒަމާނުއްސުރެ އޮންނަ އެމެރިކާ ބައްރާއި ހުޅަނގުގެ ވާދަވެރިކަމުގެ ތެރެއިން، ހުޅަނގުގައި ކުޅެ ބްރެޒިލް އާއި އާޖެންޓީނާއިން ތަށިހޯދާފައިވާއިރު، 2014 ވަނަ އަހަރުގެ މުބާރާތުގައި ބްރެޒިލްގައި ކުޅެ ސެމީފައިނަލްގައި އެޤައުމުގެ ކޮޅަށް ބައި ޑަޒަން ގޯލްޖަހާ، ފައިނަލްގައި އެ ބައްރުގެ ގަދަފަދަ އާޖެންޓީނާ ބަލިކުރުމަށްފަހު، ހުޅަނގުގެ ޤައުމަކުން އެމެރިކާގައި ކުޅެ ތަށިނުލިބި އޮތް ލަދުވެތިކަމަށް ނިމުން ގެނެސްދިނުމުގެ ފަޙުރުހޯދީވެސް ޖަރުމަނެވެ.

މި ޤައުމުގެ ފުރިހަމަ ފުޓްބޯޅަ ތާރީޙާއި ކުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދުނިޔޭގެ ތަށީގެ ފުޓްބޯޅަ މުބާރާތުގެ ފުރުތަމަ ބުރުން ބޭރުވާނޭކަމަށް ބެލުމަކީ، މި ޤައުމުގެ ހައިބަތަށް އެކަށީގެންވާ ވިސްނުމެއްނޫނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި 17 ޖޫން ދުވަހު މެކްސިކޯ އަތުން 1 ލަނޑު 0 ލަނޑުން ބަލިވި ބަލިވުމަކީ (ޖަރުމަނުވިލާތުން ފައިނަލްގައި ވާދަކުރި) 1982 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން އަލްޖީރިޔާ އަތުން ބަލިވި ފަހުން ފުރަތަމަ ބުރުގެ ފުރަތަމަ މެޗަކުން ބަލިވިފަހަރެވެ. އަދި އަނިޔާވެފައިވާ ސިންގާއެއްގެ ޒަޙަމްތައް ފަސޭހަވެ ގަދަފަދަކަމަށް އައިފަދައިން، 23 ޖޫން ދުވަހު އެންމެ ފަހު މިނެޓްގައި ސްވިޑްންގެ މައްޗަށް ހޯދި ކާމިޔާބީއަކީ މި މުބާރާތުގެ 2 ވަނަ ބުރަށް މިޓީމު ދަތުރުކުރުމަށް ލިބުނު ބޮޑުހިތްވަރެކެވެ. ޖަރުމަނުވިލާތް ހިމެނޭ ގްރޫޕް "އެފް" ގެ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ މިންވަރަށް ބަލާއިރު، މިހާތަނަށް ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓާއި އެކު 2+ ގޯލް ތަފާތުން އެންމެ ކުރީގައި އޮތީ މެކްސިކޯ އެވެ. އަދި 3 ޕޮއިންޓާއި 0 ގޯލް ތަފާތުން 2 ވަނައިގާ ޖަރުމަނު އޮތްއިރު، ސްވިޑްން އޮތީ ވެސް 3 ޕޮއިންޓާއި 0 ގޯލް ތަފާތުގައެވެ. މެޗަކުން މޮޅުނުވާތީ މުބާރާތުގެ 2 ވަނަ ބުރަށް ނުހޮވޭކަމަށް ބެލެވޭ ސައުތު ކޮރެޔާއޮތީ 0 ޕޮއިންޓާއިއެކު އެންމެ ފުލުގައެވެ. މިރޭގެ، މެޗްގައި މެކްސިކޯ އާއި ސްވިޑްން ބައްދަލުކުރާ އިރު މި ދެޓީމަށްވެސް އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރުމުގެ ފުރުސަތެއް ނެތެވެ. މެކްސިކޯ މޮޅުވެއްޖެ ނަމަ، ޖަރުމަނުވިލާތުން މެޗް އެއްވަރުވިޔަސް ސްވިޑްން ކަޓާނެއެވެ. އަދި ސްވިޑްން 2 ގޯލްގެ ފަރަގަކުން މޮޅުވެއްޖެ ނަމަ އެޓީމަށްވެސް ކުރިއަށް ދެވެއެވެ. ސްވިޑްން އާއި މެކްސިކޯއަށް 2 ވަނަ ބުރަށް ދިޔުމުގެ ބާރުއޮތް ފަދައިން، މުބާރާތުގައި ކުރިއަށްދިޔުމުގެ އަމިއްލަބާރު ޖަރުމަނުވިލާތަށްވެސް ލިބިފައިވެއެވެ. މިރޭގެ މެޗަކީ ޖަރުމަނާއި ދެކުނުކޮރެޔާ ދުނިޔޭގެ ތަށީގައި ބައްދަލުކުރާ 3ވަނަ ފަހަރެވެ. ވޭތުވެދިޔަ 2 ފަހަރުވެސް ޖަރުމަނުވިލާތުން ކޮރެޔާގެ މައްޗަށް ކާމިޔާބުކުރިއެވެ. އަދި ދެ ޓީމުގެ ފެންވަރާއި ވޭތުވެދިޔަ ތަނުގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު ޖަރުމަނުވިލާތުން ކާމިޔާބުކުރާނޭކަމަށް ބެލެވެއެވެ.

މިރޭގެ، މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ސްވިޑްން އާއި މެކްސިކޯ އަދި ޖަރުމަނުވިލާތަށް ޕޮއިންޓްގެ ގޮތުން އެއްވަރުވުމުގެ ފުރުސަތު އޮތުމުން މިއަހަރުގެ މުބާރާތުގައި ޓީމުތައް ގްރޫޕް މަރުޚަލާއިން ކޮލިފައި ވުމަށް "2018 ފީފާވޯލްޑްކަޕް ޤަވާއިދު" ގެ 32 ވަނަ މާއްދާގައި ހިމެނިގެން ބަލާނޭ މިންގަނޑުތަކުގެ މަރުޙަލާތައް ތަރުތީބުން ފާހަގަކޮށްލާނަމެވެ.

މަރުޙަލާ 1

 1. ގުރޫޕް މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ހޯދުން
 2. ގުރޫޕް މެޗްތަކުގައި ޖެހިގޯލާއި ބައިކޮޅަށް ވަންގޯލްގެ ތަފާތު
 3. ގުރޫޕް މެޗްތަކުގައި ޖެހިގޯލްގެ އަދަދު

ގްރޫޕްގެ 1 ޓީމަށްވުރެ ގިނަޓީމު މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުންވެސް ހަމަހަމަ ވާނަމަ؛

މަރުޙަލާ 2

 1. މަރުޙަލާ 1 ގައި އެއްވަރުވެފައިވާ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމު
 2. މަރުޙަލާ 1 ގައި އެއްވަރުވެފައިވާ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުން ޖެހިގޯލާއި ބައިކޮޅަށް ވަންގޯލްގެ ތަފާތު
 3. ގްރޫޕްގައި ކުޅުނު މެޗްތަކުގައި ޓީމުގެ ކުޅުންތެރިންނަށް ދެއްކި ރީނދޫ ކާޑާއި ރަތް ކާޑުގެ ނިސްބަތުން "ފެޔަރ ޕްލޭ" ޕޮއިންޓް ކެނޑުން.
 4. އެއްވަރުވާ ޓީމުތައް "ފީފާ" ގެ އޮފިސަލުންގެ ފަރާތުން ގުރުއަތުލުން

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް