19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ފީފާ ވާރލްޑް ކަޕް 2018

ފްރާންސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި

  • ފްރާންސް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ފިޔަވަހީގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ
  • ދެވަނަ ބުރުގައި ފްރާންސް ނުކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 19:02 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ފްރާންސް އެންމެފަހުން ކުޅުނު މެޗުގައި ކެޕްޓަންކަން ކުރި ރަފައޭލް ވަރާން -- ގެޓީ އިމޭޖާސް

ވާރލްޑް ކަޕްގައި އިތުރަށް ކުރިޔަށް ދިޔުމަށް ފްރާންސް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް އެޓީމުގެ ޑިފެންޑަރު ރަފައޭލް ވަރާން ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ފްރާންސްއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކޮށްފައެވެ. ފްރާންސް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ފިޔަވަހީގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި 2-1 އިން އޮސްޓްރޭލިއާ އަތުން ފްރާންސް މޮޅުވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 އިން ޕެރޫ ބަލިކޮށްފައެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި އެގްރޫޕްއިން ދެވަނަ ޓީމުގެ ގޮތުގައި ކޮލިފައިވި ޑެންމާކާއި ފްރާންސްވަނީ 0-0 އިން އެއްވަރު ކޮށްފައެވެ.

މި ވާރލްޑް ކަޕްގައި ފަސޭހަކަމާއެކު ގިނަ މެޗުތަކެއް ފްރާންސް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އެޓީމަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގްރޫޕްގެ އެންމެފަހު މެޗަށް ފަހު ވާހަކަ ދައްކަމުން ވަރާން ބުނީ ޑެންމާކުން ކުޅުނީ އެއްވަރުކުރަން ކަމަށާއި އެހެންކަމުން ފްރާންސްއިން ބޭނުންވި ގޮތަށް މެޗު ކުރިޔަށް ގެންދަން އުނދަގޫ ވެގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް މެޗުން ބަލިނުވެ ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވަރާން ބުންޏެވެ. އޭނާ ބުނީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗުގައި ބައިކޮޅަށް ލަނޑެއް ނުވަދެ މެޗު ނިމިގެންދިޔުމަކީ ޑިފެންސް ރަނގަޅުކަން އަންގައިދޭ ކަމެއް ކަމަށެވެ.

އޭނާ ބުނީ ފްރާންސްގެ ޓީމުގައި ތިބީ ވަރަށް ގާބިލު އަދި ޒުވާން ކުޅުންތެރިން ކަމަށާއި ޓީމަށް ކުރިޔަށް ދެވޭނީ ކިހާ މިންވަރަކަށް ކަމެއް ކުރިޔަށް އޮތް ތަނުގައި އެނގިގެންދާނެ ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށާއި ކުރިޔަށް ހުރި ބުރުތަކުގައި ޓީމުގެ ކުޅުންތެރިންގެ ހަގީގީ ފެންވަރު ދައްކާލަން ބޭނުންވާ ކަމަށް ވަރާން ބުންޏެވެ.

ފްރާންސާއި ޑެންމާކާއި ދެމެދު ކުޅެވުނު މެޗަކީ މިއަހަރުގެ ވާރލްޑް ކަޕްގައި ކުޅެވުނު 37 ވަނަ މެޗަށްވާއިރު މިއީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މި ވާރލްޑް ކަޕްގައި އެއްވަރުވި ފުރަތަމަ މެޗުވެސްމެއެވެ. ހަމައެހެންމެ މިއީ ފްރާންސްގެ ތާރީހުގައި ވެސް ވާރލްޑް ކަޕް ގްރޫޕް ފިޔަވަހި އެއްވަނަ މަގާމުގައި އޮވެގެން އެޓީމުން ނިންމާލި ހަތަރުވަނަ ފަހަރެވެ.

ދެވަނަ ބުރުގައި ފްރާންސް ނުކުންނަން ޖެހޭނީ 2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ފައިނަލުގައި ކުޅުނު އާޖެންޓީނާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް