18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އެމްޑީޕީ ކޮންގްރެސް

އެމްޑީޕީގެ ބޮޑު ސައްލާއަށް އުކުޅަސް ފައްކާވެފައި!

  • ރަށުގެ އާބާދީއަށް ވުރެ ގިނަ މީހުން ރަށަށް އަރާނެ
  • 1500 މީހުން އަންނާނެ ކަމަށް ބެލެވޭ
  • އުކުޅަހަކީ އެމްޑީޕީގެ އާދަޔާ ހިލާފު ސަޕޯޓެއް އޮތް ރަށެއް
ޙުސައިން ޙަސަން | hucenhassan

| 27 ޖޫން 2018 | ބުދަ 18:41 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އެމްޑީޕީގެ ކޮންގްރެސް ބާއްވާ ޓެންޓު ތައްޔާރުކޮށްފައި -- ފޮޓޯ : ރާއްޖެ އެމްވީ

އަންނަ ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްއަކީ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ. ސަރުކާރުގެ ފިއްތުންތަކާއި ހުރަސް އެޅުންތަކާއި ގޮންޖެހުންތަކުގެ ތެރޭގައި މާލޭއިން ބޭރުގައި އެމްޑީޕީން ބާއްވާ ފުރަތަމަ ކޮންގްރެސްއަކީ "އާދަޔާ ހިލާފު" ކޮންގްރެސްއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން އުފެދުނުތާ 13 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރަމުންދާ ދަނޑިވަޅުގައި، އުކުޅަހުގައި ބާއްވާ ކޮންގްރެސްއަށް އެ ރަށަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މުޅި ރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެމްޑީޕީއަށް އާދަޔާ ހިލާފު ބޮޑު ސަޕޯޓެއް އޮންނަ އުކުޅަހުގެ ގިނަ ބަޔަކު ދަނީ ކޮންގްރެސްގެ ތައްޔާރީތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

ކޮންގްރެސްއާ ގުޅިގެން އުކުޅަހުގައި ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެ ރަށަށަށް ގޮސްތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ހޮނިހިރު ދުވަހަކީ އުކުޅަހަށް ތާރީހީ ދުވަހަކަށް ވެގެންދާނެ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އުކުޅަހުގެ އާބާދީއަށް ވުރެ ގިނަ މީހުން އެ ދުވަހު އެ ރަށަށް އަންނާނެތީ ކަމަށާއި އެގޮތުން ކޮންގްރެސްގެ މަންދޫބުނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ކައިރި ރަށްތަކުން އަންނަ މީހުންނާ އެކު 1،500 ވުރެ ގިނަ މީހުން އެ ރަށަށް އަރާނެ ކަމަށެވެ.

އާބާދީގައި 1105 މީހުން ހިމެނޭ އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. މިހާތަނަށް ބޭއްވި އާންމު އިންތިހާބުތަކުގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށިތަކުން ކުރި ހޯދާފައި ވަނީ އެމްޑީޕީންނެވެ. އިންތިހާބުތަކުގައި އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު އަބަދު ވެސް އުކުޅަހުން ލިބެއެވެ.

ތައްޔާރީތަކުގައި ރަށުގެ އަންހެނުން ހަރަކާތްތެރިވަނީ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެން ވަނީ 1184 މީހުންނަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

ކޮންގްރެސްގައި ބައިވެރި ވެވެނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނަށެވެ. އޭގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ފަރާތުން ވެސް ކޮންގްރެސްގައި މަންދޫބުން ބައިވެރިވާނެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އެމްޑީޕީން ބާއްވާ ކޮންގްރެސްގައި މުހިއްމު ބޮޑެތި ނިންމުންތަކެއް ނިންމާނެ ކަމަށް ވަނީ ބެލެވިފައެވެ. އެ ގޮތުން އެ ޕާޓީގެ އަސާސީގަވާއިދަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ.

ތައްޔާރީތަކުގައި ރަށުގެ ފިރިހެންވެރިން ހަރަކާތްރިވަނީ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

އިންތިހާބާ ދިމާކޮށް، އެމްޑީޕީން މިހާތަނަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅަމުން ގެންދާއިރު، އެމްޑީޕީ ކޮންގްރެސް ހުއްޓުވުމަށް ފުލުހުން އަދި މިހާތަނަކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ފަހު ވަގުތު އުކުޅަހަށް ފުލުހުން އަރައި، ކޮންގްރެސްއަށް ހުރަސް އަޅައިފިނަމަ، މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

5 މަސް ކުރިން

ވޯޓު ކަރުދާހުގައި ނަސީދު ނަމެއް ނޯންނާނެ!

1
1
ހ މ ޒ

5 މަސް ކުރިން

ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.

0
0