16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ފީފާ ވާރލްޑް ކަޕް 2018

މެރަޑޯނާ އެޑްމިޓް ނުކުރޭ، އޭނާ ހުރީ ގަދަވެ ސަލާމަތުން

  • މެރަޑޯނާ ވަނީ މިއަހަރުގެ ވާރލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއް ބެލުމަށް ދަނޑަށް ގޮސްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 18:30 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޑިއޭގޯ މެރަޑޯނާ އާޖެންޓީނާ ކުޅުނު މެޗު ބެލުމަށް ދަނޑަށް ގޮސް -- އޭއެފްޕީ

އާޖެންޓީނާއިން ވާރލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދުމާއެކު ސްޓޭޑިއަމްގައި އުފާފާޅުކުރަން ހުއްޓައި ހާލުބޮޑުވެގެން އެޓީމުގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ބުނެ ފަތުރާފައިވާ ރިޕޯޓްތައް އޭނާ ދޮގުކޮށްފިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް 1986 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކޮށްދިން މެރަޑޯނާ ވަނީ މިއަހަރުގެ ވާރލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއް ބެލުމަށް ދަނޑަށް ގޮސްފައެވެ. އެގޮތުން ނައިޖީރިއާ އާއި ދެކޮޅަށް ނިއު ޒެނިތު ސްޓޭޑިއަމްގައި އާޖެންޓީނާ ކުޅުނު މަރުގެ މެޗަށް ވެސް އޭނާ ދިޔައެވެ.

މި މެޗުން އާޖެންޓީނާއަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ލަނޑާއެކު ލީޑު ނެގިއިރު މެރަޑޯނާ ވަނީ މި ލަނޑު ޖެހުމާއެކު އުޑަށް ދެ އަތް އުފުލައި ދުއާ ކުރާ ގޮތަށް ބަސްތަކެއް ކިޔާފައެވެ. ނައިޖީރިއާއިން ޕެނަލްޓީއެއް ޖަހައި އެއްވަރުކުރިއިރު މެޗުން އާޖެންޓީނާ މޮޅުވި ލަނޑު މާކޯސް ރޯހޯ ޖެހީ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މި ލަނޑު ޖެހުމާއެކު އުމުރުން 57 އަހަރުގެ މެރަޑޯނާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.  

އެހެން ނަމަވެސް މެޗު ނިމުމާއެކު މެރަޑޯނާ އެގްޒެކްޓިވް ބޮކްސްއަށް ވައްދާފައިވަނީ މީހުންގެ އެހީތެރިކަމާއެކުއެވެ. އަދި އެޔަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވުނު ކަމުގެ އަޑުތަކެއް ފެތުރުނެވެ.

އެހެން ނަމަވެސް މެރަޑޯނާ ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައެވެ. އޭނާ އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ހުރީ ގަދަވެ ސަލާމަތުން ކަމަށާއި އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ކަމަށް ފެތުރިފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެންމެ ފަހު މެޗުގެ ހާފް ޓައިމްގައި އޭނާގެ ކަރަށް ވަރަށް ބޮޑަށް ތަދުވި ކަމަށާއި ލޭގެ ޕްރެޝަރު މާ ބޮޑަށް ދަށްވި ކަމަށެވެ. އަދި އެޔާއެކު ޑޮކްޓަރެއް ގެނައުމުން އޭނާ އިރުޝާދު ދިނީ ދެވަނަ ހާފު ބެލުމަށް މަޑުނުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އާޖެންޓީނާ ކުޅެމުން ދިޔުމާއެކު ދެވަނަ ހާފު ބެލުމަށް މަޑުކުރީ ކަމަށް މެރަޑޯނާ ބުންޏެވެ.

އާޖެންޓީނާ ގްރޫޕް ފިޔަވަހީގައި ކުޅުނު އެންމެ ފަހު މެޗުގެ ކުރިން މެރަޑޯނާ ވަނީ އެޓީމާއި ބައްދަލުކޮށްފައެވެ. ދެވަނަ ބުރުގައި އާޖެންޓީނާ ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ. ހޮނިހިރު ދުވަހު ކުޅޭ މި މެޗު ބެލުމަށް ވެސް މެރަޑޯނާ ދަނޑަށް ދާނެ ކަމަށް ބެލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް