16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ދިވެހި ޕްރިމިއާ ލީގު

ޕްރިމިއާ ލީގުގެ ސްޕޮންސަރއަކަށް ދިރާގު

  • ދިރާގުން ލީގުގެ ސްޕޮންސަރކަން ނެގީ ކުރިޔަށް އޮތް ތިން އަހަރަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 16:46 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- އެފްއޭއެމް

ރާއްޖޭގެ އެންމެ ޝަރަފުވެރި ލީގު ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ކުރިޔަށް އޮތް ތިން އަހަރަށް ރާއްޖޭގެ އެންމެ މަގްބޫލު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ސްޕޮންސަރ ކޮށްފިއެވެ.

ދިރާގާއި އެފްއޭއެމްއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

 މިދިޔަ ތިން އަހަރު ވެސް ދިވެހި ޕްރިމިއާ ލީގު ސްޕޮންސަރ ކުރީ ދިރާގުގެ އެންމެ ބޮޑު އަދި ހަމައެކަނި ވާދަވެރިޔާ އުރީދޫއިންނެވެ. އެހެން ނަމަވެސް ދިރާގުން ދެ ފަހަރެއްގެ މަތިން ޓައިޓަލް ސްޕޮންސަރކަން މީގެކުރިން ދެ ފަހަރަކު ނެގިއެވެ.

މީގެކުރިން ދިވެހި ލީގުގެ ނަމުގައި ކުރިޔަށް ގެންދިޔަ މުބާރާތުގެ ނަމަށް ޕްރިމިއާ އިތުރުކޮށް ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި ރީބްރޭންޑްކޮށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. އެފްއޭއެމްއިން އަންނަނީ ޕްރިމިއާ ލީގު ބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އަށް ޓީމު ޕްރިމިއާ ލީގުގައި ވާދަކުރި ނަމަވެސް މިއަހަރުގެ ޕްރިމިއާ ލީގުގައި 10 ޓީމެއް ވާދަކުރާނެއެވެ. އެއީ މިނިވަން ޗެމްޕިއަންޝިޕުން މި މުބާރާތަށް ކޮލިފައިވި ހަތަރު ޓީމާއި އެސްޓީއޯ މާލޭ ލީގުން ކޮލިފައިވި ހަ ޓީމެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކޮލިފައިވީ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށްޓާއި ފައިނަލްގައި ވާދަކުރި ށ. ފޯކައިދޫގެ އިތުރުން ސެމީއިން ބަލިވި ބ. ފެހެންދޫ އަދި ފ. ނިލަންދޫއެވެ.  ޕްރިމިއާ ލީގުން ކޮލިފައިވީ މާލޭ ލީގުގެ ގަދަ ހަޔެއް ކަށަވަރުކުރި ޗެމްޕިއަން ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްއެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް