21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އެމެރިކާ-ޗައިނާ

އެމެރިކާ އާއި ޗައިނާ އާ ދެމެދު މަޝްވަރާތަކެއް ފަށައިފި

  • އެމެރިކާގެ ދިފާއީ ވަޒީރު މެޓިސް ޗައިނާ އަށް ވަޑައިގެންނެވީ އަންގާރަ ދުވަހު
  • އެމެރިކާގެ ދިފާއީ ވަޒީރު ޗައިނާގެ ރައީސް އާ ވެސް ބައްދަލު ކުރައްވާނެ
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ޖޫން 2018 | ބުދަ 14:22 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އެމެރިކާ ދިފާއީ ވަޒީރު މެޓިސް -- އޭއެފްޕީ

އެމެރިކާ އާއި ޗައިނާ އާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކަކީ "ހުޅުވާލެވިފައިވާ އަދި ތެދުވެރި" މަޝްވަރާތަކެއް ކަމަށް އެމެރިކާ އާއި ޗައިނާގެ ދިފާއީ ވަޒީރުން ވިދާޅުވެއްޖެއެވެ.

ސައުތް ޗައިނާ ކަނޑާއި އަދި ވިޔަފާރީގެ އެކި ކަންކަމުގައި ޗައިނާ އާއި އެމެރިކާ އާ ދެމެދު ހިޔާލު ތަފާތުތައް އުފެދިފައިވީ ނަމަވެސް، ދެގައުމުގެ މެދުގައި ކުރިއަށް ދަނީ "ވަރަށް ޕޮޒިޓިވް ވާހަކަތަކެއް ކަމަށް" މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އަންގާރާ ދުވަހު ޗައިނާ އަށް ވަޑައިގަންނަވާފައިވާއިރު، ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވެވަޑައިގެންފައި ވަނީ 2014 ގެ ފަހުން ޗައިނާ އަށް ވަޑައިގެންނެވި ޕެންޓަގަންގެ އެންމެ އިސްވެރިޔާ އަށެވެ.

ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖިމް މެޓިސް، ޗައިނާގެ އަސްކަރިއްޔާ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނު ޗައިނާ އަށް ވަޑައިގެންނެވީ އެެމެރިކާގެ އަސްކަރިއްޔާ އިން ޗައިނާގެ އަސްކަރިއްޔާ އާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް އިސްކަންދޭ ކަމަށްވާތީ ކަަމަށެވެ. މެޓިސް ވަނީ ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ވެއި ފެންގޭ އަށް އެމެރިކާ އަށް ވަޑައިގަތުމަށް ވެސް ދައުވަތު އަރުވާފައެވެ.

އެމެރިކާ އާއި ޗައިނާ އާ ދެމެދު ކުރިއަށް ގެންދާ ވާހާކަތަކުގައި ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ވެއި ފެންގޭ ވިދާޅުވީ އެމެރިކާގެ ދިފާއީ ވަޒީރު ޗައިނާ އަށް ވަޑައިގެންނެވުމުގެ ސަބަބުން ދެގައުމުގެ އަސްކަރިއްޔާ އާއި އަދި މުޅި ދެގައުމުގެ ގުޅުމަށް ވެސް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ދެގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އެއްގައުމު އަނެއް ގައުމުން ނުކުރުމުން ދެގައުމުވެސް، މިހާރަށްވުރެ ބޮޑަށް ތަރައްގީވުމުގައި އަވަސްވެގެންދާނެ ކަމަށް ވެސް ޖެނެރަލް ފެންގޭ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް