22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ހޭލުންތެރިކުރުން

ހުޅުމީދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

  • ކުށް މަދު ކުރުމަށް ދަނީ ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަމުން
  • ވަގުންގެ ކިބައިން ރައްކާތެރިވުމުގެ މައުލޫމާތު ފުލުހުން ދީފައިވޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 27 ޖޫން 2018 | ބުދަ 13:30 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމް ތެރެއިން -- ޕޮލިސް

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ކުށް މަދު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހުޅުމީދޫގައި ހިންގާ ހުރިހާ ފިހާރަތަކަށް ގޮސް ވަނީ މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަ ކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދު ކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމާއި، ފައިސާގެ ވަގު ނޫޓް ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ސީސީޓީވީ ނެތް ފިހާރަ ތަކުގައި އެ ކެމެރާތައް ހަރުކުރުމަށް އިރުޝާދު ވަނީ ދީފައެވެ.

އޮޅުވާލައިގެންނާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި، އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކާއި، އުޅަނދުތައް ޕާރކު ކުރުމުގައި ހިނގާ މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް މަގުގެ އެއްފަރާތެއްގައި ޕާރކް ކުރުމާއި ގުޅޭގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ވެސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް މިފަދަ އެކިއެކި ޕްރާގްރާމްތައް އަތޮޅުތެރޭގެ ފުލުހުން އިސް ނަގައިގެން ސިލްސިލާކޮށް ހިންގާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް