20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްއެޗް 370

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

  • ފްލައިޓް އެމްއެޗް 370 ގެެއްލިފައިވަނީ ބެއިޖިންއިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 17 ޖެނުއަރީ 2017 | އަންގާރަ 18:10 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އާއިލާތަކުން ބުނީ އެއީ "ޒިންމާދާރުކަން ކުޑަ"އަމަލެއް ކަމަށާއި އެ ނިންމުން ބަދަލު ކުރަން ޖެހޭކަމަށް -- ގޫގުލް

މީގެ ތިން އަހަރު ކުރިިން 239 މީހުންނާއެކު ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

 

އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ގޮތަށް ނިންމީ އިންޑިއާކަނޑުގެ 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބެލުމަށް ފަހު އެއްވެސް ނަތީޖާއެެއް ނުނެރެވުމުން ކަމަށް ހިތާމައާއެކު ދަންނަވާ ކަމަށެވެ.

ބޯޓުން ދަތުރުކުރި ފަރާތްތަކުގެ އާއިލާއިން ބުނީ އެއީ "ޒިންމާދާރުކަން ކުޑަ"އަމަލެއް ކަމަށާއި އެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

 

ފްލައިޓް އެމްއެޗް 370 ގެެއްލިފައިވަނީ ބެއިޖިންއިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރުއެވެ.

 

މިހާތަނަށް ފެނުނު މަތިންދާ ބޯޓުގެ 20 އެތިކޮޅުގެ ތެރެއިން އެ ބޯޓްގެ ބައެއްކަމަށް ނުވަތަ އެބޯޓްގެ ބައެއްކަމަށްވުމުގެ ފުރުސަތުބޮޑު އެތިކޮޅަކަށް ފެނިފައިވަނީ އެންމެ ހަތް އެތިކޮޅެވެ.

 

މިދިއަ 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މަތިން ތިރިއަށް ބާރަށް އައިސް އިންޑިއާ ކަނޑަށް ވެއްޓިފައި ވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ނަމަވެސް އާ މައުލޫމާތެއް ލިބިއްޖެ ނަމަ ބޯޓް ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ބުުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް