21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

މެލޭޝިއާ

މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި

  • ފުލުހުން ބުނެފައި ވަނީ އަތުލައިގަތް ތަކެތީގެ އަގު ބެލުމަށް 16 ދުވަސް ހޭދަވި ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ޖޫން 2018 | ބުދަ 12:49 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ފުލުހުން ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ މައޫލޫމާތު ހިއްސާކުރަނީ -- އޭއެފްޕީ/ގެޓީ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ތަންތަނުން ފެނުނު ހޭންޑް ބޭގުތަކާއި، ގަޑި އާއި އަދި ގަހަނާތަކުގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާގެ ފުލުހުން ބުނެފިއެވެ. 

މެލޭޝިއާ ފުލުހުން ބުނާ ގޮތުން ވޭތުވެދިޔަ މާޒީއަށް ބަލާއިރު މިއީ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްފަހަރާ ގެނެވުނު އެންމެ އަގުހުރި ތަކެއްޗެވެ. މެލޭޝިއާގެ ފުލުހުންގެ ކޮމިޝަނަރު އަމަރު ސިންގްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ކުރިއަށްގެންދާ، އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތަހުގީގުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ހަ ޕްރޮޕަޓީއަކުން ކަރުގައި އަޅާ 1400 ފަށް، 567 ހޭންޑް ބޭގް، 423 ގަޑި، 2،200 އަނގޮޓި، 1600 ބްރޮއުޗްސް އަދި 14 ޓިއާރާ ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަރުގައި އަޅާ އެއް ފަށުގެ އަގު 6.4 މިލިއަން ރިންގިޓް (1.5 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ބުނެެއެވެ. ފުލުހުން އަތުލައިގަތް ތަކެތީގެ މާކެޓް ވެލިއުގެ އަގު އަންދާޒާ ކުރެވޭ ގޮތުން އުޅޭނީ 223 މިލިއަން ޑޮލަރާއި 275 މިލިއަން ޑޮލަރާ ދެމެދުގައި ކަމަށް ވެއެވެ. ފުލުހުން ބުނެފައި ވަނީ ހޯދި ތަކެތީގެ އަގު ބެލުމަށް 16 ދުވަސް ހޭދަވި ކަމަށެވެ. 

ލޭޝިއާގައި ދާދިފަހުން ބޭއްވި އިންތިޚާބު ނަޖީބަށް ގެއްލުމުގެ މައިގަނޑު ސަބަބަކީ ވެސް އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތު ކަމަށްވާއިރު، އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތުހުމަތު ނަޖީބާއި އޭނާގެ އެކުވެރިންގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 681 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އަމިއްލަ އެކުންޓަށް ޖަމާކުރި ފައިސާ އިން ނަޖީބު ވަނީ އަނބިކަނބަލުންނާ އެކު ވަރަށް މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވާފައި ކަމަށް ތުހުމަތުކުރެވެއެވެ. ނަޖީބު ވަނީ އެމަނިކުފާނާ މެދު ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. 

ނަޖީބު، އެމަނިކުފާނުގެ ގެ ވެރިކަމުގައި 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިންގި ތަހުގީގުގައި، އެމަނިކުފާނު އެއްވެސް ގޯހެއް ހިންގާފައި ނެތްކަމަސް ތަހުގީގަށް ސާބިތުވެފައިވީ ނަމަވެސް، އެއީ ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވި ތަހުގީގެކެވެ. މެއި މަހު ބޭއްވި އިންތިޚާބު ނަޖީބަށް ނާކާމިޔާބުވެ، އެެ އަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ވަރަށް އިސްކަމެއް ދެއްވާފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް