
| 17 ޖެނުއަރީ 2017 | އަންގާރަ 17:59 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ނިމިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށާފައިވަނީ އަންގާރަ ދުވަހު ހެނދުނު 11:30 ގައި ކަމަށެވެ. އޮންލައިންކޮށް ދޫކުރާނަތީޖާތައް ފެންނާނީ ސެންޓަރުތަކުގެ އިސްވެރިންނަށް ކަމަށް ޑީޕީއޭއިން މައުލޫމާތު ދެއްވައެވެ.
ޑީޕީއޭއިން ވިދާޅުވީ، އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް މިއަދު ދޫކުރަން ފަށާފައިވާއިރު، ބުދަ ދުވަހު އިމްތިހާނުގެ ނަތީޖާ ސްލިޕް ދަރިވަރުންނަށް ދޫކުރަން ފަށާނެ ކަމަށެވެ. އޯލެވެލް އިމްތިހާނުގެ ނަތީޖާ ބުދަ ދުވަހު ހެދުނު 8:30ގައި އެދަރިވަރު އިމްތިހާނު ހެދި ސެންޓަރަކުން ލިބެން ހުންނާނެ ކަމަށް ޑީޕީއޭއިން މައުލޫމާތު ދެއްވައެވެ.
ނަތީޖާ ސްލިޕްތައް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ޑީޕީއޭގެ ސެންޓަރުތަކުން ދޫކުރާނެ ކަމަށް އެ ޑިޕާޓްމަންޓް އިން މައުލޫމާތު ދެއެވެ.
ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.
ނަތީޖާގައި މައްސަލައެއް ވާކަމަށް ޝައްކު ކުރެވޭ ނަމަ އެކަން ލިޔުމަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އަދި ނަތިޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 8 ފެބްރުއަރީ ވާ ބުދަ ދުވަހުގެ ގެ ކުރިން ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.
ނިމިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 7028 ދަރިވަރުންނެވެ. އޭގެ ތެރެއިން ކޭމްބްރިޖް އިމްތިހާނު 6291 ދަރިވަރަކު ހަދާފައިވާއިރު، އެސްއެސްސީ އިމްތިހާނު ހަދާފައިވަނީ 5677 ދަރިވަރެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް