23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ޒިމްބާބުވޭގެ ބޮމުގެހަމަލާ

ބޮމުގެ ހަމަލާގެ ފަހަތުގައި ހުންނެވީ ގްރޭސް މުގާބޭ ކަމަށް ނަންގަގްވާ ތުހުމަތުކުރައްވައިފި

  • ބޮމުގެ ހަމަލާދިނީ 23 ޖޫންގައި
  • ހަމަލާގައި ނަންގަވާގެ ނައިބަކު ޒަޚަމްވި
އަބުދުﷲ މުހައްމަދު | 8Abbo

| 27 ޖޫން 2018 | ބުދަ 10:28 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ރައީސް އެމާސަން ނަންގަގްވާ، ތުހުމަތުކުރައްވަނީ ހަމަލާގެ ފަހަތުގައި ހުންނެވީ ގްރޭސް ކަމަށް -- ގޫގުލް

ޒިމްބާބްވޭގެ ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ އިންތިޚާބުގެ ކެމްޕެއިން ރެލީއެއްގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރީގެ ފަސްޓްލޭޑީއާ ގުޅިފައިވާ ގްރޫޕެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

ބުލަވަޔޯގައި ބޭއްވި ކެމްޕެއިން ރެލީގައި ނަންގަގްވާ ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާގައި ދެ މީހުން މަރުވެ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި ވެރިކަންކުރާ ޕާޓީގެ ނާއިބު ރައީސެއް ކަމަށްވާ ކެމްބޯ މޮހަދީ އަށް ވަނީ ކޮންމެވެސް ވަރެއްގެ ޒަހަމަތަކެއް ލިބިފައެވެ.

ބީބީސީގައި ވާހަކަދައްކަވަމުން ނަންގަގްވާ ވިދާޅުވީ ހަމަލާ ދިނީ ގްރޭސް މުގާބޭ ވެރިކަމަށް ގެނައުމަށް ތާއީދުކުރާ ޖީ 40 ކިޔާ ގްރޫޕަކުން ކަމަށެވެ.

ގްރޭސްގެ ފިރިކަލުން އަދި ކުރީގެ ޚުދުމުޚުތާރު ވެރިޔާ 37 އަހަރަށް ފަހު ވެރިކަމުން ދުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މުގާބޭ އަށް ފަހު ގްރޭސް ވެރިކަމަށް ވަޑައިގެންނެވުމަށް މަސައްކަތްކުރެއްވުމަކީ އަސްކަރިއްޔާ ބައިވެރިވެ އެ ގައުމުގެ ވެރިކަން ބަދަލުވުމުގެ އެއް ސަބަބު ކަމަށް އަންނަނީ ބުނެވެމުންނެވެ.

ހޮނިހިރު ދުވަހު ދިން ހަމަލާގައި ނަންގަންވާ އަވަހާރަކޮށްލަން ގްރޭސް އުޅުއްވި ކަމަށް ނަންގަގްވާ ތުހުމަތެއް ނުކުރައްވައެވެ.

ހަމަލާއަ ށްފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި ބީބީސީގައި ވިދާޅުވީ އެކަމުގައި ސާމިލުވި މީހުން އަވަސް ގޮތެއްގައި ހައްޔަރުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އެއީ އެކަކު ކުރި ކަމެއް ކަމެއް. އަޅުގަނޑަށް ވިސްނެނީ އެއީ އެކަކަށް ވުރެ ގިނަ މީހުން ކުރި ކަމަކަށް. އަޅުގަނޑަށް ވިސްނެނީ މިއީ ކޮންމެވެސް  ބޭއިންސާފު އަނިޔާއެއް ލިބިފައި ހުރި މީހަކު ހިންގި ސިޔާސީ ކަމެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

މުގާބޭ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ ގްރޭސް އަދި އެރު ނައިބަކަށް ހުންނެވި ނަންގަގްވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް