23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޝެއިހް އިމްރާން އަބްދުﷲ

ޝެއިހް އިމްރާން ފަހަތަށް ފިޔަވަޅެއް ނާޅުއްވާ! އަނިޔާވެރިންގެ ހަން ބޯވާނެ!

  • އަމާޒާއި މަގުސަދު ހާސިލްވުމުގެ ކުރިން އިންޗިއެއް ވެސް ފަހަތަށް ޖެހިގެން ނުވާނެ
  • އިމްރާންގެ ހިތްވަރުން ރައްޔިތުން މިއަދު ހިތްވަރު ލިބިގަންނަންޖެހޭ
  • އިމްރާނަން ޖަލު ހުކުމް އިންވާފައި ވަނީ މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން
މުހަންމަދު ވިސާމް | sampathmasiw

| 27 ޖޫން 2018 | ބުދަ 04:25 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ - އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ މުޒާހަރާއި ގުޅިގެން -- ފޮޓޯ : މުހައްމަދު ޝަރުހާން

އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކުން އެއީ، އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ވެގެން ހިގަންޖެއެވެ. ދައްކަން މިއުޅެނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުގެ ވާހަކައެވެ. އެއީ ދިވެހި ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އަތުކުރި އޮޅާލައިގެން ގައުމީ ރޫހެއްގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުމެ އަޑުއުފުލި ދުވަހެވެ. އެ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރިޒަމްގެ ދައުވާ ސާބިތުކޮށް، އަދާލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ރައްޔިތުންގެ ޙައްގުގައި ޝެއިހް އިމްރާން ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އަނބިދަރިންނާ ދުރުގައި ދުވަސްތައް ހޭދަކުރައްވާތާ، ތިން އަހަރެއްހާ ދުވަސް ވެފައިވާ އިރު އަނެންކާ ވެސް އެ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ޝެއިހް އިމްރާން އިސްކޮށް ހުންނަވައިގެން ކުރެވުނެއެވެ. އެދުވަސްވަރު ޝެއިހް އިމްރާން އަބަދުވެސް ވިދާޅުވާ ވާހަކައެއް ހަނދާނުގައި އެބަހުއްޓުއެވެ. އަނިޔާވެރިންގެ ނޭވާ އަނިޔާވެރިކަމުގައި ވަރަށް ދިގުވާނެ ވާހަކައެވެ. އަދި އަދުލުވެރިކަމާ އެކު ޙައްގުގެ މަގުގައި މަސައްކަތްކުރާ މީހުންގެ ނޭވާ އަނިޔާވެރިންގެ ނޭވާ އަށް ވުރެ ދިގުވާނެ ކަމަށް ޝެއިހް އިމްރާން ވިދާޅުވެއެވެ. މިއަދު މި ފެންނަނީ ހަމަ އެ މަންޒަރެއެވެ. އަނިޔާވެރިންގެ ނޭވާ އަނިޔާވެރިންކަމުގައި މާދިގުވެއްޖެއެވެ.

އިމްރާން މީގެ އަށް މަސް ކުރިން ވެސް ގޭ ބަންދަށް ބަދަލުކުރި/ އިމްރާން އަނބުރާ ޖަލަށް ގެންދަނީ

"މި ސަރުކާރު އަނިޔާވެރިކަމުގައި ވަރަށް ނޭވާ ދިގުވާނެ، މި ސަރުކާރުގެ ނޭވާ އަނިޔާވެރިކަމުގައި ވަރަށް ދިގުވެދާނެ، އަޅުގަނޑުމެން މިތިބީ އަދުލުވެރިކަމުގައި، އަޅުގަނޑުމެންގެ ނޭވާ މާ ދިގުކުރަން އިނގޭތޯ، ހައްގުގެ މަގުގައި އަޅުގަނޑުމެންގެ ނޭވާ ވަރަށް ދިގުވާނެ، އަނިޔާވެރިކަމާ ދެކޮޅަށް އަޅުގަނޑުމެންގެ ހަން ވަރަށް ބޯވާނެ، އެހެންކަމުން އަޅުގަނޑު ރައީސް ޔާމީންނަން ދަންނަވަން، އަޅުގަނޑުމެން (ގުޅިފައިވާ ސިޔާސީ ޕާޓީތަކުން) އެކުގައި ފެށި މަސައްކަތް، އަޅުގަނޑުމެންގެ އަމާޒާ މަގުސަދަށް ހާސިލްވުމުގެ ކުރިން އިންޗިއެއްވެސް މަނިކުފާނަން ފަހަތަށް ޖައްސައެއް ނުލެވޭނެ،" މަޖީދީ މަގުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވިއެވެ.

ކޮންމެއަކަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވާއިރު، މި ވާހަކަތަށް ވިސްނާލުން ރަނގަޅެއެވެ. ހިޔާލުތަފާތުވުން އެއްކިބާކޮށް ޕާޓީތަކުން އެކުގައި މަސައްކަތް ފެށީ "ރައީސް ޔާމީންގެ ސަރުކާރު" ބަދަލުކުރަންށެވެ. އެކުގައި މަސައްކަތް ކޮށްގެންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކުރަން އެއް ކެންޑިޑޭޓަކު ނުނެރުވިއްޖެ ނަމަ، އެކަން ވާނީ އެމަނިކުފާނު ކުރިމަތީގައި އިދިކޮޅު ޕާޓީތަކުން ފަހަތަށް ޖެހުން ކަހަލަ ކަމަކަށެވެ. ކޮންމެއަކަސް މިއަދު މިވާހަކަ ދައްކާލީ "(ގުޅިފައިވާ ސިޔާސީ ޕާޓީތަކުން) އެކުގައި ފެށި މަސައްކަތް، އަޅުގަނޑުމެނގެ އަމާޒާ މަގުސަދަށް ހާސިލްވުމުގެ ކުރިން އިންޗިއެއްވެސް މަނިކުފާނަން ފަހަތަށް ޖައްސައެއް ނުލެވޭނެ" ކަމަށް ބުނެ ޝެއިހް އިމްރާން އެދުވަހު ދެއްކި ވާހަކަ ޙަދާން އާކޮށްލުމުގެ ގޮތުންނެވެ.

ޝެއިހް އިމްރާން 2017 ވަނަ އަހަރު ގޭބަންދުގައި ހުރި ދުވަސްވަރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަކީ އެންމެ ބުއްދުވެރި ގޮތް ކަމަށް ޝެއިހް އިމްރާން އޭރު ވެސް ވިދާޅުވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުނުކުރެވިއްޖެ ނަމަ، ވަކިވަކި ބޭފުޅުންނަން އަމާޒުކޮށްގެން ގާނޫނުތަކާއި ގަވައިދުތަށް ހަދާނެ ކަމަށް ޝެއިހް އިމްރާން އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ. މިއަދު ސިޔާސާ މިއިދާނަން ވިސްނާލުމުން އެކަން ސާފުވާނެއެވެ.

"މިއީ ރައީސް ނަޝިދާ ގުޅޭ ކަމެއް ނޫން. ގާސިމާ ގުޅޭކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ގައުމާ ގުޅޭ ކަމެއް. ގައުމުގެ މައްސަލަހަތާއި ގުޅޭ ކަމެއް. ރައްޔިތުންގެ ކުރި މަގާ ގުޅޭ ކަމެއް. އަންނަން އޮތް ޖީލުތަކާ ގުޅޭ ކަމެއް. މިކަން ނުކޮށްފިއްޔާ، މި ގައުމު ޖަރުމަނަން ބަދަލުކޮށް، ޔާމީން ހިތަށް އަރާ ގާނޫނާއި ގަވައިދުތައް ހަދަމުން ހަދަމުން ގޮސް، ވަކި ހިސާބަކުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާނެ ނަޝީދާ ބެހޭ ގާނޫނު، ޑރ ހަސަނާއި ބެހޭ ގާނޫނު، އިމްތިޔާޒާ ބެހޭ ގާނޫނު، އޭރުން އެ ގާނޫނު އަމަލުކުރާނީ އިމްތިޔާޒުގެ މައްޗަށް. މި ހިސާބަށް ގާނޫނު ހަދާ ހިސާބަށް ޔާމީން މިކަންތަwq ގަނޑު ގެއްދާނެ،" އަނިޔާވެރިކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވިއެވެ.

ކޮންމެއަކަސް މިއަދު ރައީސް ޔާމީންގެ ސަރުކާރުން ޝެއިހް އިމާރާން އެ ދުވަހު ވިދާޅުވި ގޮތަށް ގާނޫނުތައް ހަދަން ފަށައިފިއެވެ. ބޭރު ގައުމަކުން ހިމާޔަތް ހޯދަގެން އުޅޭ މީހަކު ވެސް، ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ފާސްކޮށްފިއެވެ. މިއީ މިވަގުތު 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާ އަށް ވަޑައިގެން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހު ޖަރުމަނު ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމް އިބްރާހިމަށް އަމާޒުކޮށްގެން ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބެލެވެއެވެ. މިކަން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރުންގެ ވާހަކަތަކުން ސާފުވެއެވެ.

އިމްރާން ޖަލަށް ގެންދިއުމުގެ ވަގުތުކޮޅު އަނބިކަނބަލުންނާ އެކު

ކޮންމެއަކަސް މިފަދަ އެތައް ވާހަކަތަކެއް ދެއްކިދާނެއެވެ. އެދުވަހުގެ ވާހަކަތައް މިއަދު ދައްކަން މިޖެހެނީ މާޒިން އިބުރަތް ހާސިލްކުރުމުގެ ގޮތުންނެވެ. ވަގުތު ފާއިތު ނުވަނީސް ގޮތެއް ނިންމުމުން އެއީ ބުއްދިވެރި ގޮތް ކަމަށް މީހުން ބުނާތީއެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" ނަމުގައި ފެށި ހަރަކާތަށް ރައްޔިތުން ތާއިދުކޮށް، ރައީސް ޔާމީން ބަލިކުރެވޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

"ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުން އަޅުގަނޑުމެންނަށް ކާމިޔާބު ވަނީ. އެހެންވީމާ އަދިވެސް ދަންނަވަން އޮތީ ލީޑަރުންނާއި އެންމެހާ ރައްޔިތުންނަށް، ސާބިތުކޮށް ތިއްބަވާށޭ، ފިނޑި ނުވާށޭ، ފަހަތަށް ނުޖެހޭށޭ،" 2017 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ޝެއިހް އިމްރާން ގޭ ބަންދުގައި ހުންނަވަނިކޮށް އަނބުރާ ޖަލަށް ގެއްދިއުމުގެ ކުރި ރާއްޖެޓީވީއަށް ދެއްވި އިންޓައުއެއްގައި ވިދާޅުވިއެވެ.

މިއީ ޝެއިހް އިމްރާން އެދުވަހު ކުރެއްވި އިލްތިމާސްއެވެ. ފަހަތަށް ފިޔަވަޅު އަޅައިގެން މަގުސަތުގެ ހާސިލުނުކުރެވޭނެ ކަމެވެ. ފަހަތަށް ފިޔަވަޅު ނާޅައި، ކެރިގެން ކުރިމަތިލުމުގެ ނަތީޖާ ވެސް ފޮންޏެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ހުށައެޅުންތައް ގަބޫލުނުކުރައްވައި، ރައްޔިތުންގެ ޙައްގުގައި ޖަލުގައި އޮންނަވާތީ ޝެއިޚް އިމާރާނާ މެދު ސިޔާސީ ބޭފުޅުން މީގެ ކުރިން ދެކޭ ގޮތް ބަދަލު ވެސް ވެއްޖެއެވެ.

"ޝެއިހް އިމްރާނަކީ އަޅުގަނޑު މި ސިޔާސީ ހަރާކަތައް ނުކުމެ ބައްދަލުވި، މީހުންތަކުގެ ތެރެއިން އެކުގައި މަސައްކަތް ކުރައްވަން ލިބުނު ފަރާތަކުގެ ތެރެއިން، އަޅުގަނޑު އެންމެ އިތުބާރު ކުރައްވާ އެއްބޭފުޅާ، ޝެއިހް އިމްރާނަކީ މީސްމީހުންގެ ހިޔާލު ހޯއްދަވާ، ކަންތައްތަކުގައި ލަފާ ހޯއްދަވާ ޓީމް ޕްލެއާރއެއް" އިމްރާނަށް ޖަލު ހުކުމް އިއްވިތާ 1000 ދުވަސް ފުރުން ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް