24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:18
އަސްރު 15:42
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:04

ބޮލީވޫޑް

ގޯލްޑްގެ ޓެރެއިލާ އަށް ބޮލީވޫޑުން ތައުރީފު އޮހެނީ!

  • ވަރުން ދަވަން ބުނެފައިވަނީ މިއީ ކޮންކަހަލަ ހިތްގައިމު ޓްރެއިލާ އެއްކަމަށް
  • އަނޫރާގް ކެޝްޔަޕް ބުނެފައިވަނީ މި ޓްރެއިލާއަކީ ވަރަށް "ހަބޭސް" ޓްރެއިލާ އެއް ކަމަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 27 ޖޫން 2018 | ބުދަ 03:29 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ގޯލްޑްގެ ކަވަރ - އެ ފިލްމްގެ ޓްރެއިލާރ އަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ އޮހެމުން -- ޓްވިޓަރ

ބޮލީވޫޑްގެ ތަރި އަކްޝޭ ކުމާރާއި ޓީވީ ތަރި މޮނީ ރޯއީ ލީޑް ރޯލުންގެ ފެނިގެންދާ "ގޯލްޑް" ގެ ޓްރެއިލާ ދައްކާލުމާއި އެކު ބޮލީވޫޑްގެ ފަންނާނުންގެ ފަރާތުން އެ ފިލްމަށް ތައުރީފު އޮހެން ފަށައިފި އެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ އޭނާގެ ޓްވިޓާ ހެންޑްލްގައި އެފިލްމަށް ތައުރީފް ކޮށްފައެވެ. ކަރަން ބުނެފައިވަނީ އެ ޓްރެއިލާ އިން ވަރަށް ބޮޑު އަސަރެއް ކޮށްފި ކަމަށާއި މި ފިލްމް ވެގެންދާނީ ވަރަށްވެސް ބިޔަ ބޮޑު ފިލްމަކަށް ކަމަށެވެ.

އެކްޓަރ ވަރުން ދަވަން ބުނެފައިވަނީ މިއީ ކޮންކަހަލަ ހިތްގައިމު ޓްރެއިލާ އެއްކަމަށެވެ. މީގެ އިތުރުން ޑައިރެކްޓަރ އަނޫރާގް ކެޝްޔަޕް ބުނެފައިވަނީ މި ޓްރެއިލާއަކީ ވަރަށް "ހަބޭސް" ޓްރެއިލާ އެއް ކަމަށެވެ.

އެކްޓްރެސް ޑައާނާ ޕެންޓީ ބުނެފައިވަނީ އެހާމެ ވަރުގަދަ ފިލްމެއް ކަމަށާއި ފިލްމްގައި ފެނިގެން ދަނީ އެހާމެ ވަރުގަދަ ތަރިން ކަމަށެވެ.

ހުރިހާ އެންމެގެންގެ ފަރާތުން ލިބެމުންދާ ތައުރީފަށް ފިލްމްގެ ޕްރޮޑިސަރ ފަރްހާން އަކްތަރު ވަނީ ޝުކުރު އަދާކޮށްފައެވެ. ފަރުހާން ބުނެފައިވަނީ އެއީ މުޅި ޓީމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރީމާ ކަތުގީ ޑައިރެކްޓްކޮށްފައިވާ "ގޯލްޑް" މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުމަށް ފަހު  12 އޮގަސްޓް 1948 ގައި އޮލިމްޕިކްގައި އިންޑިއާ އަށް ހޮކީން ރަން މެޑެލް ގެނެސްދޭ ހާދިސާ ގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރާ މިފިލްމަކީ މޮނީ ޜޯއީ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް