17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: 40 އަހަރު ފަހުން ޕެރޫއަށް ފުރަތަމަ މޮޅު

  • ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ޕެރޫއިން ވަނީ 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 27 ޖޫން 2018 | ބުދަ 02:43 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


މި މެޗުގައި ޕެރޫގެ ދެވަނަ ލަނޑު ޖެހުމަށްފަހު ކެޕްޓަން ގުރެއިރޯ އުފާފާޅުކުރަނީ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި 40 އަހަރަށްފަހު ޕެރޫއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ޕެރޫއިން ވަނީ 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ އޯޝޭނިއާއަށް ނިސްބަތްވާ ޓީމަކާއި ދެކޮޅަށް ވާރލްޑް ކަޕްގައި ޕެރޫއިން ކުޅުނު ފުރަތަމަ މެޗެވެ. އޮސްޓްރޭލިއާގެ ޓީމުން ދެ ބަދަލެއް ފެނިގެންދިޔައިރު ޕެރޫގެ ޓީމުން ވެސް ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

މި މެޗަށް ނުކުތްއިރު ޕެރީ އޮތީ ވާރލްޑް ކަޕްއިން ކަޓާފައެވެ. އެހެން ނަމަވެސް މި މެޗު ކާމިޔާބުކޮށް ޑެންމާކް ކުޅުނު މެޗުން ޑެންމާކް ބަލިވިނަމަ ލަނޑުގެ ތަފާތުން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް އޮތެވެ.

ފުރަތަމަ ހާފު ފެށިގެން ޕެރޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުންވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޕެރޫގެ ފުރަތަމަ ލަނޑު  ކެޕްޓަން ޕައުކޯ ގުރެއިރޯގެ އެހީތެރިކަމާއެކު އެޓީމަށް ޖަހައިދިނީ އަންދްރޭ ކަރީޔޯއެވެ. މި ލަނޑަށްފަހު އޮސްޓްރޭލިއާއިން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 28 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ފޮނުވާލި ހަމަލާއެއް ޕެރޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޕެރޫގެ ކުޅުންތެރިން ވަނީ ރަނގަޅު ޑިފެންސެއް ފުރަތަމަ ހާފުގައި ކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕެރޫއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ޕައުލޯ ގުރެއިރޯއެވެ. އޮސްޓްރޭލިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށް މަސައްކަތްކުރި ނަމަވެސް އެކުޅުންތެރިންނަށް އުފައްދަން މަސައްކަތްކުރި ހަމަލާތައް އެންމެ އެދެވޭ ގޮތަކަށް ގޯލާއި އަމާޒުކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ޖެހި ލަނޑަކީ ޕައުލޯ ގުރެއިރޯ ޕެރޫއަށް ޖަހައިދިން 35 ވަނަ ލަނޑެވެ. އޭނާ ވެގެންދިޔައީ ވާރލްޑް ކަޕެއްގައި ލަނޑު ޖެހި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިންވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. އެންމެފަހުން ވާރލްޑް ކަޕެއްގައި ކުޅުނު މެޗަކުން ޕެރޫ މޮޅުވެފައި އޮތީ 1978 ވަނަ އަހަރުއެވެ.

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފްރާންސްއިން ހޯދިއިރު ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ ފަސް ޕޮއިންޓްއެވެ. ތިންވަނައިގައި އޮތް ޕެރޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ފުލުގައި އޮތް އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓްއެކެވެ.

ދެވަނަ ބުރުގައި މި ގްރޫޕްއިން އެއްވަނަ ހޯދި ފްރާންސް ނުކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ޑެންމާކް ނުކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް