19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ފަންނޭ ޚާންގައި އައިޝްވަރިއާ އާއި އެކު ބިޔޯންސޭގެ ކޮރިއޯގްރާފަރު

  • ގެޓްސޮން ވަނީ ބިޔޯންސޭ، ރިހާނާގެ އަދި ޖެނިފާ ލޮޕޭޒްގެ އާއި އެކު މަސައްކަތް ކޮށްފަ
  • ގެޓްސަން މި ފިލްމްގެ ދެ ލަވައެއްގައި މަސައްކަތް ކުރާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޖޫން 2018 | އަންގާރަ 23:18 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އައިޝްވަރިޔާ އާއި ގެޓްސަން -- ޓްވިޓަރ

ލީޑް ރޯލުން އަނިލް ކަޕޫރާއި އައިޝްވަރިޔާ ރާއީގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެން ދާ "ފަންނޭ ޚާން" ގައި މަޝްހޫރު ކޮރިއޯގްރާފަރު ފްރޭންކް ގެޓްސޮން އާއިއެކު ނަށާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

ގެޓްސޮން ވަނީ އެމެރިކާގެ ޕޮޕް ސްޓާރުން ކަމަށްވާ ބިޔޯންސޭ، ރިހާނާގެ އިތުރުން ޖެނިފާ ލޮޕޭޒްގެ އާއި އެކު މަސައްކަތް ކޮށްފައެވެ.

ގެޓްސަން މި ފިލްމްގެ ދެ ލަވައެއްގައި މަސައްކަތް ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯ ތަކާއި ވީޑިއޯތަކުގައި އޭޝް ފެނިގެންދަނީ ގެޓްސަން އާއި އެކު ވަރަށް ގަޔާވެގެން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

އަތުލް މަންޖްރެކަރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ގެ ފުރަތަމަ ޓީޒާރ ދައްކަލާފައިވަނީ އަންގާރަ ދުވަހު އެވެ.

އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު މި ފިލްމަކީ އަތުލްގެ ފުރަތަމަ ޑައިރެކްޝަނެވެ.

ރާކޭޝް އޯމްކާރާ މެހެރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ ބައްޕަ ކުރަމުންދާ މަސައްކަތުގެ މައްޗަށެވެ.

އައިޝްވަރިޔާ ރާއީ މިފިލްމުން ފެނިގެންދަނީ މިއުޒިކް ސެންސޭޝަނެއްގެ ގޮތުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް