21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

މިޔަންމާ

އިޔޫ އިން ފިޔަވަޅު އެޅި މިޔަންމާ އޮފިޝަލުންގެ ތެރޭގައި ހިމެނޭ ޖެނެރަލަކު ވަޒީފާއިން ވަކިކޮށްފި

  • ފިޔަވަޅު އެޅި އޮފިޝަލުންގެ އެސެޓް ފްރީޒް ކުރެވޭނެ
އަހުމަދު އަނޫޝު | IamAhmedAnoosh

| 26 ޖޫން 2018 | އަންގާރަ 20:02 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ބައެއް -- ޓްވިޓަރ

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމު ހިންގުމުގައި ބައިވެރިވި ހަތް އަސްކަރީ އޮފިޝަލަކަށް ދާދި ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ކެނެޑާ އިން ފިޔަވަޅުއަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ އިސް ޖެނެރަލަކު ވަޒީފާ އިން ވަކިކޮށްފިއެވެ. 

މިޔަންމާގެ އަސްކަރިއްޔާ އިން ހޯމަ ދުވަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ މޭޖާ ޖެނެރަލް މައުންގް މައުންގް ސޯ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރީީ "ޕާފޯމަންސް ދަށްވުމުގެ" ސަބަބުންނެވެ. މޭޖާ ޖެނެރަލް މައުންގް މައުންގް ސޯއަކީ މިޔަންމާގެ ރަކައިން ސްޓޭޓުގެ ކުރީގެ ވެސްޓަން ކޮމާންޑުގެ ކުރީގެ އިސްވެރިޔާ ކަމަށެވެ. 

މިޔަންމާގެ ރަކައިން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން މިދިޔަ އަހަރު އޯގަސްޓު މަހުން ފެށިގެން 700،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ގެދޮރުދޫކޮށް ދާން ޖެހިފައެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އަސްކަރިއްޔާ އިން އެ އޮޕަރޭޝަން ހިންގާފައި ވަނީ ރަކައިން ސްޓޭޓުގެ ހަތިޔާރު އެޅި ގްރޫޕަކުން އަސްކަރިއްޔާއަށް ދިން ހަމަލާތަކަކާ ގުޅިގެން ކަމަށެވެ. 

އީޔޫ އާއި ކެނެޑާ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ފިޔަވަޅު އެޅި މީހުންގެ އެސެޓް ފްރީޒްކުރުމާއި އެމީހުންނާ އެކު ވިޔަފާރިކުރުން ވަނީ މަނާކުރެވިފައެވެ.

މީގެ އިތުރުން ގައުމުން ބޭރުގައި އުޅޭ ކެނެޑާގެ ރައްޔިތުން ވެސް ދަތިކުރުމުގެ ފިޔވަޅުއެޅިފައިވާ ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ހިންގުން ވަނީ މަނާކުރެވިފައެވެ. މީގެ އިތުރުން އެ މީހުންނަށް މާލީ ޚިދުމަތްތައް ދިނުން ވެސް ވަނީ މަނާކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް