17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މެކްސިކޯ އިންތިޚާބު

ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި މެކްސިކޯގެ ސިޓީއެއްގެ ހުރިހާ ފުލުހުން ހައްޔަރުކޮށްފި

  • ސިޓީގެ ފުލުހުން ހައްޔަރުކުރީ ސްޓޭޓް ފުލުހުން ގޮސް
  • ޖުލައި 1ގެ އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން ވަނީ ބޮޑުވެފައި
މިއުވާން މުހައްމަދު | Miuvaan

| 26 ޖޫން 2018 | އަންގާރަ 19:31 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ހައްޔަރުކޮށްފައިވާ ފުލުހުން -- ސީ.އެން.އެން

އަންނަ މަހު 1 ވަނަ ދުވަހު މެކްސިކޯގައި ބާއްވާ އިންތިޚާބުތަކުގައި އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި އެރަށުގެ ހުރިހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މެކްސިކޯގެ މިކޮއަކާން ސްޓޭޓްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ މޭޔަރު ކަމަށް ވާދަކުރެއްވި ފެރްނާންދޯ އެންހެލެސް ހުއާރެޒްގެ މަރުގެ މައްސަލައިގައި އެރަށުގެ 28 ފުލުހުން ހައްޔަރުކުރީ ކެންޑިޑޭޓްގެ މަރަށް ފަހު އެހެން މައްސަލައެއްގައި އެރަށަށް ދިޔަ ސްޓޭޓް ފުލުހުންނަށް އެރަށުގެ ފުލުހުން ހުރަސް އެޅުމުން ކަމަށެވެ. އެހެން މައްސަލައެއްގައި ސްޓޭޓް ފުލުހުން އޮކަމްޕޯއަށް ދިޔުމުން އެރަށުގައި ތިބި ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި، ސްޓޭޓް ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާފައެވެ. އަދި ކެންޑިޑޭޓްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ މިމައްސަލަ ތަހުޤީޤުކުރުމަށް ފަހުއެވެ. 

މޭޔަރުކަމަށް ވާދަކުރެއްވި ހުއަރޭޒް މަރާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކާކުކަން ނޭނގޭ މީހަކު ބަޑިން ހަމަލާދީގެންނެވެ. އަދި އޮކަމްޕޯއަށް ސްޓޭޓް ފުލުހުން ދިޔައީ ހޮނިހިރު ދުވަހުއެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހުއެވެ. 

ޖުލައި 1 ގައި މެކްސިކޯގައި ރިޔާސީ އިންތިޚާބުގެ އިތުރުން ފެޑެރަލް، ސްޓޭޓް އަދި މުނިސިޕަލް އިންތިޚާބުތަކެއް ބާއްވާނެއެވެ. 

ހުއަރޭޒްއަކީ މިކޮއަކާންގައި 24 ގަޑިއިރުތެރޭ މަރާލެވުނު ދެ ވަނަ ސިޔާސީ ބޭފުޅާއެވެ. ހުއަރޭޒް މަރާލުމުގެ ކުރިން ބުރާސްފަތި ދުވަހު ހަވީރު އަގުލީލާ ސިޓީގެ މޭޔަރކަމަށް ވާދަކުރި އޮމަރް ގޮމޭޒް ލޮކަތޭރޯގެ ގަޔަށްވެސް ވަނީ ބަޑި ޖަހާ މަރާލާފައެވެ. މެކްސިކޯގެ މިއިންތިޚާބާއި ދިމާކޮށް މިހާތަނަށް 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ މަރާލާފައެވެ. ގޭންގް ހަމަނުޖެހުން ބޮޑު މެކްސިކޯގައި ސިޔާސީ ފަރާތްތައް މެރުމަކީ އާއްމު ކަމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަދުރު

8 މަސް ކުރިން

ރާއްޖޭގައިވެސް ތިޔަހެންވާނަމަދެއްތޯ

3
1