16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

ކުރިޔަށް އޮތް މެޗުގައި ބެލްޖިއަމްގެ ޓީމުން 10 ބަދަލެއް ފެނިދާނެ

  • ބެލްޖިއަމް ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖޫން 2018 | އަންގާރަ 18:33 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ފީފާ

ފީފާ ވާރލްޑް ކަޕްގް ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް ނުކުންނަ މެޗުގައި ބެލްޖިއަމްގެ ޓީމުން 10 ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މި ގްރޫޕް އިން ދެ ވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް އަދި އިނގިރޭސިވިލާތަށް ލިބިފައިވާއިރު ގްރޫޕްގެ އެންމެ ފަހު މެޗުގައި މި ދެޓީމު ކުޅޭ މެޗަކުން މޮޅުވާ ޓީމަކަށް މި ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުވާނެއެވެ.

މިވަގަތު މާޓިނޭޒްގެ ޓީމުގައި ތިން ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗުގައި މިއިން ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކައިފި ނަމަ ދެވަނަ ބުރުގައި ކުޅޭ މެޗުގައި އެ ކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ. ހަމަ އެހެންމެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ތެރޭގައި ހިމެނޭ އެޑެން ހަޒާޑް އަދި ރޮމެލޫ ލުކާކޫއަށް ވަނީ އަނިޔާވެފައެވެ. މި ކުޅުންތެރިންގެ ތެރެއިން ލުކާކޫ ބެލްޖިއަމް އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

އޭނާ ބުނީ ހުރިހާ އެމެޗުގެ ކުރިން ހުރިހާ ކުޅުންތެރިން ބަދަލުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އޭނާގެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ވެސް ވާރލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ކޮންމެ ކުޅުންތެރިޔަކަށް ވެސް އެ ފުރުސަތު ދޭންޖޭހެ ކަމަށް ގަބޫލުކުރާ ކަމަށާއި އޭރުން އެކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބެލޭނެ ކަމަށެވެ. އެއްވެސް ކުޅުންތެރިޔަކަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގައެއް ޔަގީންވެފައި ނޯންނާނެ ކަމަށާއި އެކަން ހުރިހާ ކުޅުންތެރިން ވެސް ދަންނަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސަސްޕެންޝަނުގެ މައްސަލަތައް ވަރަށް ކައިރިން ބަލަންޖެހޭ ކަމަށާއި ރީނދޫ ކާޑުގައި ތިބި އެއްވެސް ކުޅުންތެރިޔެއް އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅޭ މެޗަށް ނުނުކުންނާނެ ކަމަށެވެ. އެ ހުރިހާ ކުޅުންތެރިން ވެސް ނޮކްއައުޓް ބުރުތަކުގައި ބޭނުންވާ ކަމަށް މާޓިނޭޒް ބުންޏެވެ.

ބެލްޖިއަމްގެ ފުރަތަމަ ދެ މެޗުގައި ނުކުޅޭ ވިންސެންޓް ކޮމްޕެނީ ކުރިޔަށް އޮތް މެޗުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަށް ބެލްޖިއަމް ކުޅުނު ފުރަތަމަ ދެ މެޗުގައި ކުޅެފައިނުވަނީ މި މަހުގެ ކުރީކޮޅު ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.  

އިނގިރޭސިވިލާތް އަދި ބެލްޖިއަމް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑި ރޭގަނޑު 23:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް