22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ނޫސްވެރިންގެ ޝަރީއަތް

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

  • މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހެކި ބަސް ނެގުން ތާވަލުކުރި
  • ވިސާމުގެ މައްޗަށް ދެ ދައުޥާއެއް އުފުލާފައިވޭ
  • މިމަހުގެ 24 ވަނަ ދުވަހު ވިސާމުގެ މައްޗަށް ހުކުމް ކުރުން ވެސް ވަނީ ތާވަލުކޮށްފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 17 ޖެނުއަރީ 2017 | އަންގާރަ 17:44 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ވިސާމް: ޖުމްލަ ދެ ދައުޥާއެއް އުފުލާފައިވޭ، މިމަހުގެ 24 ވަނަ ދުވަހު ހުކުމް ކުރުން ވެސް އެބައޮތް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި ހެކި ބަސް ނެގުމަށް ބުދަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

 

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި މައްސަލައިގައި ހެކި ބަސް ނެގުމަށް އަޑުއެހުންތައް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް، ދައުލަތަށް ހެކިން ހާޒިރުނުކުރެވިގެން ދެ އަޑުއެހުމެއް ކެންސަލް ކުރިއިރު، އެންމެ ފަހުން މިމަހުގެ ނުވަ ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ ވިސާމުގެ ވަކީލަށް ގަޑިއަށް ކޯޓަށް ހާޒިރުނުވެވުމުންނެވެ. ދިފާއީ ވަކީލަށް ކޯޓަށް ލަހުން ހާޒިރުވެވުނީ ސިވިލް ކޯޓުގައި އެ ގަޑީގައި އޮތް މައްސަލައަކަށް ވަންނަން ޖެހުމުންނެވެ.

 

ވިސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. ދައުވާ އުފުލާފައިވަނި މިދިޔަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ.

 

އެ ދައުވާ އަށް ވިސާމް އިންކާރުކޮށްފައިވާއިރު، ދައުވާ އިން ދިފާއުވުމަށް ހަތަރު މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

 

ވިސާމްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ދެ ފުލުހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. މީގެ އިތުރުން ވީޑިއޯ ފޫޓޭޖަކާ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު އަންގައިދޭ ޗާޓެއް ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވެއެވެ.

 

މި މައްސަލައިގެ ހެކި ބަސް ނެގުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:00 އަށެވެ.

 

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ހެކި ބަސް ނެގުން ކުރިއަށް އޮތްއިރު، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށް ބުނެ ވިސާމާއި ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް މިދިޔަ ޑިސެމްބަރު މަހު ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 24 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

 

މީގެ އިތުރުން ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި ހުކުމް ކުރުން ފެބްރުއަރީ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް