16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމްއީއެސްސީގެ ރަމަޟާން ކަޕް

އެމްއީއެސްސީ ރަމަޟާން ކަޕްގެ ފައިނަލަށް ޑިވައިން ބޯއިސް އަދި ރިވެންޖަރސް

  • ޑިވައިން ބޯއިސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ލޮރެންޒޯ އާއި ބައްދަލުކޮށް 12-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން
  • ކްލަބް ރިވެންޖަރސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ 6-2 ގެ ނަތީޖާއަކުން ބަލިކޮށްގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖޫން 2018 | އަންގާރަ 17:59 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


މި މުބާރާތުގެ ސެމީ ފައިނަލްގެ ތެރެއިން -- ފޮޓޯ : ރާއްޖެ އެމްވީ

މިއުޒިކް އެޑިއުކޭޝަން ސްޕޯޓްސް ކްލަބް (އެމްއީއެސްސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ގއ. ދާންދޫގައި ކުރިޔަށް ގެންދާ ރަމަޟާން ކަޕް 1439 ގެ ފައިނަލް އިން ޑިވައިން ބޯއިސް އަދި ކްލަބް ރިވެންޖަރސް ޖާގަ ހޯދައިފިއެވެ.

ޑިވައިން ބޯއިސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ލޮރެންޒޯ އާއި ބައްދަލުކޮށް 12-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑިވައިން ބޯއިސްގެ ހުސައިން ޝަރީފްއެވެ.

ކްލަބް ރިވެންޖަރސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ 7-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ރިވެންޖަރސްގެ ޖާޒީ ނަމްބަރު ނުވައެއް އަލީ ހާފިޒްއެވެ.

މިއީ މި މުބާރާތް މެދުނުކެނޑި ކުރިޔަށް ގެންދާ 12 ފަހަރަށްވާ އިރު ޗެމްޕިއަން ޓީމަށް 15000ރ. އަދި ރަނަރަޕް ޓީމަށް 7500ރ. ވަނީ ކަނޑައެޅިފައެވެ.

މި މުބާރާތުގެ މަގްސަދަކީ ޒުވާނުންގެ ތެރޭގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަ ބަޔަކަށް ހެދުން ކަމަށް އެމްއީއެސްސީގެ ފަރާތުން ބުނެއެވެ. ހަމައެހެންމެ މިއީ ފުޓްސަލް އިން ކުރިޔަށް ދާން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ (ބުދަ ދުވަހުގެ ރޭ) 21:00 ގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ފައިނަލް މެޗު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއީއެސްސީއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް