25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެމްޑީޕީގެ އަހަރީ ދުވަސް

އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު

  • އެ ޕާޓީއަށް ވެރިކަމަށް އައުމަށް ހުރަސްތަކެއް އެބަހުރި
  • ޕާޓީން ބުނަނީ ހުރަސްތައް ގިރާކޮށް އިންތިހާބު ކާމިޔާބު
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 26 ޖޫން 2018 | އަންގާރަ 17:18 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން:- އެ ޕާޓީން މިއަހަރު ފާހަގަ ކުރަނީ 13 ވަނަ އަހަރީ ދުވަސް -- ފޭސްބުކް

އެތައް ބައެއްގެ ޤުރުބާނީއަށް ފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދަށް މިވީ 13 އަހަރެވެ. އެމްޑީޕީން ދައްކަދިން އެއް ހަގީގަތަކީ އެ ޕާޓީއަކީ ކޮންމެ ކަނޑަކަށް ވެސް ހަމަ ހެޔޮވަރުގެ އޮނޑިއެއް ކަމެވެ. އެމްޑީޕީން ވެރިކަމަށް އައުމަށް ކުރާ އުއްމީދުގައި އެތައް ދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކޮށްފިއެވެ. ވެރިކަންކުރާ ޕާޓީގެ ގޮތުގައި އޮވެ އެ ޕާޓީ "އަމާން އޮމާން ކަނޑުގައި" ދަތުރު ކުރުމަށް ފަހު 2012 އަހަރު ވެރިކަން ވައްޓާލުމުން އަނެއްކާ ވެސް އެމްޑީޕީން ދަތުރުކުރީ ގަދަ ކަނޑުގައެވެ. އެހެން ނަމަވެސް މިއަދު 13 ވަނަ އަހަރީ ދުވަސް އެ ޕާޓީން ފާހަގަ ކުރަނީ، އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ވެރިކަން ކުރާނެ މިއީ އެންމެ ފަހު އަހަރު ކަމަށް ބަލައިގެންނެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ލަނގިރި ޖަހައި، ނަށައި ހަދަން މަގު މައްޗަށް ނިކުމުމެވޭ ވަރަށް ވުރެ އެ ޕާޓީން މިއަދުވެސް އުޅެނީ މާ ބުރަކޮށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީން މަސައްކަތްކުރާ އިރު އެ ޕާޓީއަށް ކޯލިޝަން ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ފިއްތުންތައް އެބަ ހުއްޓެވެ. 

ސަރުކާރުން އޮތީ ސިޔާސީ އިދިކޮޅު ހަރަކާތްތަކަށް ފުރުސަތުދޭ ގޮތަކަށް ނޫނެވެ. ވަކިން ހާއްސަކޮން މަޖިލީހުގައި މިވަގުތު ބާރު ހިންގަމުންދާ ސަރުކާރަށް ތާއިދުކުރާ މެމްބަރުން ތިބީ މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް "ވައި ވެސް އެޅުނަ ނުދިނުމަށް" ކުރަން ޖެހޭ ކަމެއް ކުރުމަށެވެ. އެމްޑީޕީގެ އެންމެ އުއްމީދު ބޮޑު ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވިއަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމްގެ ހުރަސް ގިރާ ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.  

އެމްޑީޕީން ރިޔާސީ ކެމްޕެއިނަށް ހަރުކުރާ ޕޯސްޓަރުތައް ފުލުހުން ނައްޓަނީ:- އެ ޕާޓީއަށް ސިޔާސީ ހަރަކާތް ހިންގަން ހުރަސްތަކެއް އެބަހުރި

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ ފަސޭހަ އިން އޮތް މަގަކަށް ވާނީ ބޮޑު ކޯލިޝަނުގެ ތެރެއިން ކެންޑިޑޭޓެއް ނެރުމެވެ. މިހާރު އޮތް ސަރުކާރާ އިދިކޮޅު ކޯލިޝަނުން އެއްބަސްވެގެން އެމްޑީޕީގެ ކެނޑިޑޭޓެއް ނެރެފި ނަމަ ރައީސް ޔާމިން "ކިހިލިޖަހާލައިގެން" އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ގިނަ މީހުން އެއްބަސްވެއެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ވެސް ހުރަސްތަކެއް އެބަ ހުއްޓެވެ. އެމްޑީޕީއަކީ ކޯލިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީއަށް ވިއަސް އަދި އެ ޕާޓީއާ އެއްވަރުގެ އެހެން ޕާޓީއެއް ނެތަސް ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ކެނޑިޑޭޓެއް ނެރެން ބޭނުންވެއެވެ. ކޯލިޝަނުގެ ތެރެއިން އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންވާ ވަރަށް ޖުމްހޫރީ ޕާޓީން ވެސް ދެން އޮންނަ ވެރިކަމެއްގެ ބޮޑު ބައެއްގައި ހިއްސާވާން ބޭނުންވެއެވެ. އޭގެ ސަބަބުން އެމްޑީޕީން ހުއްޓުމެއް ނެތި ފާއިތުވި ފަސް އަހަރު ކުރި މަސައްކަތައް ފަހު ވެރިކަމަށް އައުމަށް މި ފަހަރު ވެސް ގާސިމް އިބްރާހިމް ހުރަކަށް ވަނީތޯ ވެސް ސުވާލު އުފެދެއެވެ.  

ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

މި ހުރަސްތައް މި ގޮތައް ހުރި ނަމަވެސް އެމްޑީޕީގެ ލީޑަރޝިޕް އޮތީ މި ފަހަރު ދޫދޭ ގޮތަކަށް ނޫނެވެ. އެތެރެއިންނާއި ބޭރުން އަންނަ ހުރިހާ ފިއްތުންތައް ގިރާކޮށް އެ ޕާޓީން އުއްމީދު ކުރަނީ މިއީ އެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އަހަރީ ދުވަސް ފާހަގަ ކުރާނެ އެންމެ ފަހު އަހަރު ކަމަށެވެ. ކޯލިޝަނުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުވެ ހިޔާލު ތަފާތުވާކަންކަމުގައި މަޝްވަރަކޮށް ހިޔާލު އެއްގޮތް ކުރެވިދާނެ ކަމަށް އެމްޑީޕީން ދެކެއެވެ. އެމްޑީޕީ ރަސްމީގޮތުން ރާއްޖޭގައި ރަޖިސްޓްރީވުމުގެ ކުރިން ވެސް އެޕާޓީ ވަނީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި، އަވަށްޓެރި ލަންކާ އަދި ރަޙުމަތްތެރި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވެފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ޕާޓީގެ ހައްގުގައި ގުރުބާންވި އެތައް ބަޔަކު ކުރާ އުއްމީދަކީ ވެސް މިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް