13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެންމެ ނަމެއް!

  • ވާދެވެރިންނަށް މަގު ވަނީ ބަންދުކޮށްފައި
  • އިތުރު ފަރާތަކަށް ކެމްޕެއިން ހަރަކާތް ހިންގަން ފުރުސަތެއް ނުދޭ
  • އިތުރު ފަރާތަކަށް ވާދަނުކުރެވޭ ގޮތަށް ގާނޫނުތައް ދަނީ ބަދަލުކުރަމުން
އަލީ ޔޫސުފް | AliYooosuf

| 26 ޖޫން 2018 | އަންގާރަ 17:11 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


އެމްޑީޕީން ކުރިއަށް ގެންދާ ޖަޒީރާ ކެމްޕެއިންގެ ތެރެއިން ފާރެއްގައި ހަރުކުރި ޕޯސްޓަރުތަކެއް ފުލުހުން ނައްޓުވަނީ: ކެމްޕެއިންކުރުމުގެ ފުރުސަތު އެހެން ބަޔަކަށް ނެތް -- ފޮޓޯ : ރާއްޖެ އެމްވީ

ހުދުމުޚުތާރު ވެރިކަމެއްގައި ހުންނާނެ ހުރިހާ ސިފަތަކެއް މި ސަރުކާރުގެ އެބަހުއްޓެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތި ސަރުކާރުން ބޭނުން ކަމެއް ކުރާތަން މީގެ ކުރިން ވެސް ވަނީ ފެނިފައެވެ. ނުވަތަ ސަރުކާރުން ބޭނުން ކަމެއް ކުރަންވީމާ ގާނޫނުތައް އެގޮތަކަށް ބަދަލުކުރާ މަންޒަރު ވަނީ ފެނިފައެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. އަނެއްކާ ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ސަރުކާރުން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް މަޖިލީހުގެ ތެރެއިން ގާނޫނުތައް އެގޮތަށް ބައްޓަންކުރަން ހިފާ މަންޒަރެވެ.

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ރައްޔިތުން ކިތަންމެ އުންމީދުކުރި ނަމަވެސް އެ ފުރުސަތު ދަނީ ދުވަހެއް ދުވަހަކަށް ހަނިވަމުންނެވެ. ކެމްޕެއިންގެ މާކުރިން ވެސް ސަރުކާރުން ދިޔައީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އިންތިޚާބެއްގައި ވާދަކޮށްފާނެހެން ހީވާހާ ފަރާތްތައް ބަންދުކޮށް ނުވަތަ ގައުމުން ފައްސާލައި ނުވަތަ ބޮޑު ހުކުމެއްގައި ވަނީ ޖަލަށް ލާފައެވެ. މިހާރު އޮތް ހަނި ފުރުސަތުގައި ވެސް ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ފަރާތަކަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެހާ ގޮތަކަށް ކަންކަން ދަނީ ރާވަމުންނެވެ. އިންތިޚާބާ ބެހޭ ގާނޫނާއި ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް އިސްލާހުތައް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވެސް މިހާރު އޮތް ހަނިފުރުސަތު ވެސް އެއްކޮށް ދުއްވާލުމެވެ. އޭގެ އެއް މިސާލަކީ ބޭރުގެ ރަށްވެހިކަމެއް އޮތް ނަމަ އެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހަމަޖެއްސުމެވެ. ފަހަރުގައި މިއީ "ބިދޭސީއަކަށް" ރާއްޖޭގެ ވެރިކަން ލިބިދާނެތީ ސަރުކާރުން ގެންނަން އުޅޭ އިސްލާހެއް ކަމަށް ހީވެދާނެއެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ވެސް ފުރިހަމަ ދިވެއްސަކަށް ނޫނީ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

އެހެން ކަމުން ސަރުކާރުގެ މަގުސަދު ވަރަށް ސާފެވެ. ބޭނުމަކީ ވަކި ބަޔަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމެވެ. އޭގެ ތެރޭގައި މިހާރު ތުންތުން މަތިން ދެކެވޭ ވާހަކަތައް ފުދެއެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕްރޮފެސަރު ހަސަން އުގައިލް ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ކަމުން ޑުއެލް ނުވަތަ ދެ ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތަކަށް މި ފަހަރުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހެދުމުގެ މައިގަނޑު މަގުސަދު އެއޮތީ ހާމައަށް ފެންނަންށެވެ. އުގެއިލް ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ.

އިދިކޮޅު ޕާޓީތަކުން ތިމަންނާމެންގެ ކެންޑިޑޭޓަކީ މިއީއޭ ބުނެ މިހާތަނަށް ދައްކަމުން އައި އެއްވެސް ބޭފުޅަކީ ގާނޫނުއަސާސީގައި މިހާރު ހުރި ޝަރުތުތަކަށް ފެތޭ ބޭފުޅުން ކަމަށް ސަރުކާރުން ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ޖުމްހޫރީ ޕާޓީން ޓިކެޓް ދިންކަން ހާމަނުކުރިއެއް ކަމަކު ނެރެން ބޭނުންވާ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމްގެ މައްޗަށް ވެސް ހުކުމެއް އެބަ އޮތެވެ. މި ދެ ބޭފުޅުން ވެސް ތިއްބެވީ ގައުމަށް ނާދެވޭ ފަދަ ގޮތަކަށް ގައުމުން ބޭރުގައެވެ.

މީގެ އިތުރުން އެ ބޭފުޅުންގެ ނަން ގާނޫނުގައި ނުލިޔުނެއް ކަމަކު ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށްގެން ވެސް ގާނޫނަށް ވަނީ އިސްލާހުގެންނަށް ހުށަހަޅާގައެވެ. މިހާރު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ބައެއް އިސްލާހުތަކަކީ އޭގެ އެއް މިސާލެކެވެ. ޕީޕީއެމްގެ މެންބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭނީ ހިމާޔަން ދޫކޮށްލިތާ 10 އަހަރު ވާންޖެހޭނެ ކަމަށެވެ. ގާސިމް އާއި ނަޝީދަކީ މި ވަގުތު ވެސް ބޭރުގެ ހިމާޔަތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުން ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކިރިޔާ ވެސް އުރަތްޕެއް ހުރި މީހެއް ނަމަ ހުރީ ކޮންމެވެސް ކަހަލަ ހުކުމެއްގައެވެ. އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ޝައިޚް އިމްރާން އަބްދުﷲ އާއި ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މި ސަރުކަރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ހުންނެވީ ދިގު މުއްދަތަކަށް ޖަލުގައެވެ. ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަމިއްލަ ދެ ބޭފުޅަކު މިނިވަންކަންމަތީ އެބަ ތިއްބެވިއެވެ. ނަމަވެސް އެއީ ސަރުކާރަށް ނުވަތަ ރައީސް ޔާމީނަށް ކުޑަކޮށް ވެސް ބިރަކަށް ވާފަދަ ބޭފުޅުންނެއް ނޫނެވެ.  ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ހުސެއިން އާއި މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ކޮން ބޭފުޅުންނެއް ކަމާއި އެ ބޭފުޅުންގެ ފަރާތުން ރައީސް ޔާމީނަށް އޮތީ ކިހާވަރެއްގެ ބިރެއްކަން ރައްޔިތުންނަށް އެނގެއެވެ.

ސަރުކާރުން ކަންކަން ރާވަމުންދާ ގޮތުންނާއި އިންތިޚާބުގެ ކުރިން ގާނޫނުތަކަށް ގެންނަން އުޅޭ ބަދަލުތަކުގެ މައިގަނޑު މަގުސަދު ގުޅިފައި އޮތީ ރައީސް ޔާމީނު ނޫން އެހެން ބޭފުޅަކަށް ނުވަތަ ރައީސް ޔާމީނަށް ބިރަކަށް ވެދާނެ ފަދަ ބޭފުޅަކަށް އިންތިޚާބުގައި ވާކުރުމުގެ ފުރުސަތު ނުދިނުންކަން ވަރަށް ސާފެވެ. ޝުޖާއު އާއި އުމަރަށް އިންތިޚާބަށް ކުރިމަތިލެވޭނީ ވެސް މަދުވެގެން 1500 މީހުންގެ ސޮއި ހޯދައިގެންނެވެ. ސަރުކާރުން ޖާގަ ނުދޭހާ ހިނދަކު އެކެން ވެސް ވާނެކަމާ މެދު ޝައްކެވެ. އެހެންކަމުން މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެން ބޭފުޅެއްގެ ނަން އޮންނާނެތޯ ކުރެވޭ ސުވާލަށް ވިސްނާ މީހަކަށް ނަމަ މިހާރު އޮންނާނީ ޖަވާބު ލިބިފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ހަމައެކަނި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެކަނި ކަމަށް ގާނޫނުގައި ނުލިޔާކަން އެކަންޏެވެ. އެހެން ހުރިހާ ކަމެއް ބައްޓަންކޮށްފައި ވަނީ އެގޮތަށެވެ. ދެން އޮތް ސުވާލަކީ ހަމައެކަނި ރައީސް ޔާމީނުގެ ނަން ކަރުދާސްކޮޅުގައި އޮތަސް އެ ކަރުދާކޮށްޅުގައި ވެސް ފެންނަ ނުފެންނަކަން ހާމަކުރަން ރައްޔިތުންނަށް ފުރުސަތު ދިފި ނަމަ ވާނީ ކިހިނެއްބާއެވެ؟ ހަމައެކަނި އެ ނަން އޮވެގެން ވޯޓުލާން ނުކުންނާނީ ކިތައް މީހުންބާއެވެ؟ ނޫނީ މިސްރުގައި ދާދި ފަހުން ބޭއްވި ވޯޓުގައި މިލިއަނަކަށް ވުރެ ގިނަ މީހުން އެ ގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ވޯޓުލީ ގޮތަށް ޔާމީނަށް ވުރެ ގިނައިން ކަރުދާސްކޮޅުގައި ނެތް ނަމަކަށް ވޯޓުލުން އެކަށީގެން ނުވޭބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

5 މަސް ކުރިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއަށް ރައްޔިތުންގެ 77 އިންސައްތައަށް ވުރެ މަތިން ވޯޓު ހައްގުވާ މިންވަރަށް އެމަނިކުފާނު ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދީފައިވާ ކަމަށް!

0
0
ހ މ ޒ

5 މަސް ކުރިން

ބަރާބަރު ނިންމުމެއް!

0
0