25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އިންޓަރ ރިސޯޓް ވޮލީ

މި ސަރަހައްދުގައި ވޮލީ ކުރިވެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރާއްޖެއިން: ލަތީބެ

  • މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖޫން 2018 | އަންގާރަ 17:01 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ލަތީބެ ޓުއަރިޒަމް މިނިސްޓަރާ އެކު -- ވީއޭއެމް

މި ސަރަހައްދުގައި ވެސް ވޯލީބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދަނީ ރާއްޖެއިން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ލަތީބެ މިހެން ވިދާޅުވީ އާލާ 19 ވަނަ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީބެ ވިދާޅުވީ މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން ވޮލީ ތަރައްގީ ކުރުމަށް އެންމެ ބޮޑު ހޭދައެއްކޮށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރަމުންދަނީ ރާއްޖެއިން ކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ކަނޑައަޅައި، ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކާއި ތަމްރީން ދަތުރުތައް ބޭއްވެމުންދާ ކަމަށް ލަތީބެ ފާހަގަކުރެއްވިއެވެ.

އިންޓަރ ރިސޯޓް މުބާރާތާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލަތީބެ ވިދާޅުވީ އެމުބާރާތަކީ އެ އެސޯސިއޭޝަނުން ނުހަނު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށާއި މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ލިބޭ އެންމެ ބޮޑު ސަބަބަކީ މުބާރާތް ބޭއްވުމަށް ރިސޯޓްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ކަމަށެވެ. ހަމައެހެންމެ މިއީ ފޯރިގަދަ އަދި ރަނގަޅު އިންތިޒާމްތަކާ އެކު ބޭއްވޭ މުބާރާތަކަށް ހެދުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް ލަތީބެ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް