22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ކުނި މެނޭޖްކުރުން

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

  • ގޭބީސީއަކުން 150ރ
  • އިމާރާތުގައި ދިރިއުޅޭ ގޭބީސީންގެ ޑަސްބިން 100ރ
  • ވިޔަފާރިތަކުން ބޭނުންކުރާ ޑަސްބިންތަކުގެ ބޮޑުމިނުން ލީޓަރަކަށް 10ރ ރޭޓުން
މުހައްމަދު ފަޒީން | phaxyn

| 17 ޖެނުއަރީ 2017 | އަންގާރަ 17:16 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް -- ގޫގުލް

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި އުކާލެ ދޭ އަގުތައް ކަނޑައަޅައި އެކަމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން އިއުލާން ކޮށްފި އެވެ.

 

ވެމްކޯއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޯޕަރެޝަނުގެ ފަރާތުން މާލޭގެ ގޭބިސީތަކުންނާއި އަދި ވިޔަފާރިތަކުން ކުނި ނެގުމުގެ ހިދުމަށް ތައާރަފު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚިދުމަތް ދިނުމަށްޓަކައި މާލޭގެ ސަރަހައްދުތަށް ޒޯންތަކަކަށް ބަހާލެވިފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

 

ވެމްކޯއިން ކުނި އުކާލަދޭ އަގުތަކަކީ

  • ޑޯ ސްޓެޕް ސާރވިސް (ހިދްމަތަށް އެދޭ ފަރާތް ދިރިއުޅޭ އެޕާރޓްމަންޓަށް ވަންނަ ދޮރުކައިން ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނެގުން)        150ރ އަށް
  • ބިލްޑިންގ ސާރވިސް (އިމާރާތުގެ ނުވަތަ ގެއެއްގެ ހުރިހާ ގޭބީސީއަކުން އެއްބަސްވެފައިވާ ޑަސްބިނަކަށް އެ އިމާރާތެއްގެ ގްރައުންޑް ފްލޯގައި އިމާރާތަށް ވަންނަ ނުވަތަ ހާއްސަ ކުރެވިފައިވާ ތަނެއްގައި ކުނި ބެހެއްޓުމުން ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނެގުން)          100ރ އަށް
  • ވިޔަފާރިތަކުން ކުނި ނެގުމުގެ ފީއަކީ ކޮންމެ ލީޓަރަކަށް 10ރގެ ރޭޓުން ނެވެ. (ވިޔަފާރިތަކުން ފީ ނެގޭނީ، ބޭނުންކުރާ ޑަސްބިންތަކުގެ ބޮޑުމިނާއި އަދަދަށް ބިނާކޮށެވެ.)

 

ވެމްކޯއިން ބުނީ ކުނި އުކާލުމުގެ ހިދްމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ހުށަހަޅުއްވާ ރަޖިސްޓްރީ ވުމަށް އެދޭ ކަމަށާއި އެކަމަށް އެދޭ ފޯމް ވެމްކޯގެ މައި އޮފީހުންނާއި އެ އޮފީހުގެ ވެބްސައިޓުން WWW.WAMCO.COM.MV ލިބިވަޑައިގަންނަވާނެ ކަމަށެވެ.

 

ދާދިފަހުން ވެމްކޯއިން ވަނީ ތިލަފުއްޓަށް ކުނި އުފުލުމަށް ހާއްސަ ކަނޑުދަތުރުގެ އުޅަނދުތަކެއް ބަނުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި އެއްގަމުގައި ދުއްވާ ކުނިއުކާލާ ޒަމާނީ ވެހިކަލްތައް ބޭނުން ކުރާގޮތަށް ވެސް ވެމްކޯއިން ހަމަޖައްސާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް