20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވޫޑް

ފަންނޭ ޚާންގެ ފުރަތަމަ ޓީޒާ ރިލީޒް ކޮށްފި

  • ފިލްމް ގެ ފުރަތަމަ ޓީޒާ ދައްކަލާފައިވަނީ އަންގާރަ ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޖޫން 2018 | އަންގާރަ 14:17 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ފަންނޭ ޚާން ގެ ފޯސްޓަރ -- ޓްވިޓަރ

ލީޑް ރޯލުން އަނިލް ކަޕޫރާއި އައިޝްވަރިޔާ ރާއީގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެން ދާ "ފަންނޭ ޚާން" ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.

އަތުލް މަންޖްރެކަރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ގެ ފުރަތަމަ ޓީޒާ ދައްކަލާފައިވަނީ އަންގާރަ ދުވަހު އެވެ.

އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ އަތުލްގެ ފުރަތަމަ ޑައިރެކްޝަނެވެ.

ރާކޭޝް އޯމްކާރާ މެހެރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ ބައްޕަ ކުރަމުންދާ މަސައްކަތުގެ މައްޗަށެވެ.

މި ފިލްމް ގައި އަނިލް ކަޕޫރު ފެނިގެން ދަނީ އޭނާގެ އަންހެން ދަރިފުޅުގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް މަސައްކަތް ކުރަމުންދާ ބައްޕައެއްގެ ރޯލުންނެވެ.

އައިޝްވަރިޔާ ރާއީ މިފިލްމުން ފެނިގެންދަނީ މިއުޒިކް ސެންސޭޝަނެއްގެ ގޮތުގަ އެވެ. އަދި ރާޖް ކުމާރު ރާއޯ ފެނިގެންދަނީ އައިޝްވަރިޔާ ދެކެ ވަރަށް ގަޔާވެގެން އުޅޭ މީހެއްގެ ގޮތުގައެވެ.

"ފަންނޭ ޚާން" މިފިލްމަކީ 1999 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ތާލް" އަށް ފަހު އޭޝް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް