26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރޮހިންޖާ މައްސަލަ

މިޔަންމާގެ ހަތް އޮފިޝަލަކަށް ކެނެޑާއާއި އީޔޫއިން ފިޔަވަޅު އަޅައިފި

  • އުދުވާނާއި ގުޅިގެން 720،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ވަޒަން ދޫކޮށް ދާންޖެހުނު
  • ފިޔަވަޅު އެޅި އޮފިޝަލުންގެ އެސެޓް ފްރީޒް ކުރެވޭނެ
އަބުދުﷲ މުހައްމަދު | 8Abbo

| 26 ޖޫން 2018 | އަންގާރަ 13:48 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


މިޔަންމާގެ ރެފިއުޖީން އަވަށް ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކުރަނީ -- ރޮއިޓަރސް

ރޮހިންޖާގެ ރައްޔިތުންނާއި، ދެކޮޅަށް ހިންގި ގަތުލު އާއްމުގައި ބައިވެރިވާކަމަށްބުނެ މިޔަންމާގެ ހަތް އޮފިޝަލަކަށް ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ވިލާތުގެ އިއްތިހާދާއި ކެނެޑާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަންގާރަ ދުވަހު އިއުލާނުކުރެއްވީ ޚާރިޖީ ވަޒީރު ކްރިސްޓިއާ ފްރީލަންޑްއެވެ.

ފެޑެރަލް ސަރުކާރުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރި ހަތް މީހުންނަކީ ރަޚައިން ސްޓޭޓްގައި 2017 ވަނަ އަހަރު އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އަމަލުތަކުގައި ބައިވެރިވި މީހުންކަމަށެވެ. 

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި އުދުވާނާއި ގުޅިގެން 720،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ވަޒަން ދޫކޮށް ދާން ޖެހިފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ އަވަށްޓެރި ބަންގްލަދޭޝްގައި ދަތި ހާލަތެއްގައެވެ.

"ކެނެޑާ އަދި ބައިނަލްއަގްވާމީ މުޖުތަމައުއަކަށް މަޑުންނެއް ނޯވެވޭނެ. މިއީ ވަކި އަގީދާއެއްގެ ބަޔަކު ނައްތާލުން. މިއީ އިންސާނިއްޔަތާއި ޚިލާފު ޖަރީމާއެއް." ފްރީލަންޑް އިއްވި ބަޔާނުގައިވެއެވެ.

މި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމީހުންގެ އެސެޓް ފްރީޒް ކުރުމާއި އެމީހުންނާއިއެކު ވިޔަފާރިކުރުން ވަނީ މަނާކުރެވިފައެވެ.

މީގެ އިތުރުން ގައުމުން ބޭރުގައި އުޅޭ ކެނެޑާގެ ރައްޔިތުންވެސް ދަތިކުރުމުގެ ފިޔވަޅުއެޅިފައިވާ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުން ވަނީ މަނާކުރެވިފައެވެ. މީގެ އިތުރުން އެމީހުންނަށް މާލީ ޚިދުމަތްތައް ދިނުންވެސް ވަނީ މަނާކުރެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް