16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޓާކިޝް އެއާލައިންސް

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

  • ރިޕޯޓުތައް ބުނާގޮތުން ކަމާބެހޭ ފަަރާތްތަކުން ބޯޓުވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި އެންމެ ބޮޑު ފޯކަސްއެއް މިހާރު ދެނީ މޫސުން ގޯސްވުމާއި އަދި ކްރޫއިންނަަށް ގޯހެއް ހެދުނުތޯ ބެލުމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 17 ޖެނުއަރީ 2017 | އަންގާރަ 16:51 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޓާކިޝް އެއާލައިންސްގެ ފްލައިޓެއް -- ގޫގުލް

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަަދު 37 ކަށް އަރައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮއިން 747 މަރުކާގެ ބޯޓު ވެއްޓުނީ ގަދަ ދުންފިނީގެ ތެރޭގައި ބޯޓު ޖައްސަން އުޅެނިކޮށް ކަމަށްވާއިރު މަރުވި ގިނަ މީހުންނަކީ ބޯޓު ވެއްޓުނު ވިލެޖަށް ނިސްބަތްވާ މީހުންނެެވެ. އެގޮތުން ބޯޓުގައި ތިބީ ހަމައެކަނި ބޯޓުގެ ހަތަރު ކްރޫއިން ކަމަށްވާއިރު އެ ހަތަރު މީހުންވެސް ވަނީ މަރުވެފައެވެ. ދެން މަރުވި އެންމެންނަކީ ވެސް ބިންމަތީގައި ތިބި މީހުންނެވެ.

ބޮއިން 747 މަރުކާގެ ޓާކިޝް އެއާލައިންސްގެ ބޯޓު ވެއްޓުނީ ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގެ އުތުރުން 25 ކިލޯމީޓަރު ދުރުގައި އޮންނަ މަނަސް އެއާޕޯޓުގެ ކައިރީގައިވާ ގެތަކަށެވެ. ބޯޓު މަނަސް އެއާޕޯޓަށް ޖައްސަން އުޅުނީ ހޮންކޮން އިން ފުރައިގެން ތުރުކީގެ އިސްތަންބުލް އަށް ދަތުރު ކުރުމުގެ ތެރެއިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ކަމާބެހޭ ފަަރާތްތަކުން ބޯޓުވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި އެންމެ ބޮޑު ފޯކަސްއެއް މިހާރު ދެނީ މޫސުން ގޯސްވުމާއި އަދި ކްރޫއިންނަަށް ގޯހެއް ހެދުނުތޯ ބެލުމަށެވެ.

ހާދިސާ ހިނގީ ހޯމަދުވަހު ޖީއެމްޓީ ގަނޑިން މެންދަމު 1:30 ހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް