18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސެލިންކޯ އިންޝިއުރެންސް

ސެލިންކޯގެ ތަރޑް ޕާޓީ މޮޓޯ އިންޝިއުރެންސް: ފައިސާ ދައްކާ ފަރާތުގެ ޝަކުވާތަކަށް ހައްލެއް!

  • ފައިސާ ދައްކާ ފަރާތުގެ ބޮޑެތި ސިއްހީ ބަލިތައް ކަވަރ ކުރެވޭނެ
  • މި ޕޮލިސީއަށް ސައިކަލް ދުއްވާ ފަރާތްތަކުން އިތުރަށް ދައްކަން ޖެހެނީ 30ރ.
  • ގިނަ ބަޔެއްގެ ތަރުހީބު މި އިންޝިއުރެންސް ޕްރޮޑަކްޓައް އަންނަނީ ލިބެމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 ޖޫން 2018 | އަންގާރަ 13:20 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


ސެލިންކޯ އިންޝިއުރެންސް ކުންފުނި -- ސޯޝަލް މީޑިއާ

ސެލިންކޯ އިން ތަރޑް ޕަޓީ މޮޓޯ އިންޝިއުރެންސްގެ އާ ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ

ސެލިންކޯގެ ސީނިއަރ މާކެޓިންގް އެކްޒެކެޓިވް، މުވައްހިދު މުޖްތަބާ ވިދާޅުވީ، ކުރިން އިންނަ ތަރޑް ޕާޓީ އިންޝިއުރެންސް ސްކީމުތަކުގައި ހަމައެކަނި ކަވަރޭޖް ލިބިގެންދަނީ ތިން ވަނަ ފަރާތައް ކަމަށާއި ފައިސާ ދައްކާ ފަރާތަކަށް އެއްވެސް ބެނިފިޓެއް ނުލިބޭ ކަމަށެވެ. އެގޮތުން އަލަށް ތައާރަފް ކުރެވުނު ޕްރޮޑަކްޓްގައި ވެހިކަލްގެ ވެރިފަރާތައްވެސް ކަވަރޭޖު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންޝިއުރެންސް ސްކީމަށް އިތުރު ޗާޖެއް ދައްކަންޖެހޭނެ ކަމަށާއި އެގޮތުން ސައިކަލް ދުއްވާ ފަރާތްތަކުން ދައްކަން ޖެހޭނީ 30ރ. ކަމަށް މުވައްހިދު ވިދާޅުވި އެވެ.

"ސައިކަލްގެ ވެރިންނަށް އިންނާނީ ހަމައެކަނި 30ރ. ގެ ޗާޖެއް. މީގެ އިން ލިބޭ ބެނިފިޓް ތަކަކީ 10000ރ. ގެ ހެލްތް އިންޝިއުރެންސް އެއް ލިބިގެންދާނެ ބޮޑެތި ހުރިހާ ބަލިތަކަށް. އޭގެ އިތުރަށް ލިބޭ އަނެއް ފައިދާއަކީ ސައިކަލް ޓޯޓަލް ލޮސްއަކަށް ދިއަކީ އެކްސިޑެންޓެއްގެ ސަބަބުން. އެފަދަ ހާލާތެއްގައި އޭރު މާކެޓުން ސައިކަލް ލިބޭ އަގު ކްލެއިމް ކުރުމުގެ ފުރުސަތު އޮންނާނެ." މުވައްހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސައިކަލް ނޫން އެހެން ވެހިކަލްތަކަށް ވެސް މި ސްކީމުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އިތުރަށް ޕެކޭޖުގައި ބައިވެރިވުމަށް 300ރ. ގެ ޗާޖެއް ނަގަންޖެހޭނެ ކަމަށް މުވައްހިދު ވިދާޅުވި އެވެ. އަދި އެއް ލައްކަ ރުފިޔާގެ ހެލްތް ކަވަރޭޖެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ހައްދާ ހުރިހާ ތަރޑް ޕާޓީ އާއި މޮޓޯ ކޮމްޕްރިހެންސިވް އިންޝިއުރެންސް އަދި ކުރިން ހައްދާފައިވާ ޕޮލިސީ އާކުރާ ދުވަހުން ފެށިގެންވެސް މި ޕެކޭޖް ލިބިގެންދާނެ ކަމަށެވެ.

މި އިންޝިއުރެންސްގެ ތެރެއިން ބޮޑެތި ބަތިލަކަށް ފަރުވާ ލިބޭ އިރު ހިތުގެ ބަލިތަކާއި ކެންސަރ އާއި ސްޓްރޯކް އަދި ކިޑްނީގެ ބަލިތައްވެސް ކަވަރޭޖް ލިބިގެންދާނެ ކަމަށް މުވައްހިދު ވިދާޅުވި އެވެ. މި އިންޝިއުރެންސް ނަގާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ފަރާތްތަކުގެ ޝަކުވާއެއް އެއްވެސް ކަހަލަ ބެނިފިޓެއް އެކްސިޑެންޓް ވުމުން އިންޝިއުރެންސް ނަގާ ފަރާތައް ނުލިބުން. ހަމައެކަނި އެކްސިޑެންޓްވީމަ ތިންވަނަ ފަރާތައް އިންނަ ގެއްލުމެކޭ ކަވަރ ކުރަނީ. އެކަމަށް އަޅުގަނޑުމެން ތައާރަފްކުރި އިންޝިއުރެންސް ޕްރޮޑަކްޓެއް މިއީ." މުވައްހިދު ވިދާޅުވި އެވެ.

މިހާރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ސެލިންކޯގެ އޮފީހަށް ވަޑައިގެން ރެޖިސްޓްރޭޝަންގެ ކަންކަން ކުރުމުގެ އިންތިހާޒުތައް ހަމަޖެހިފައިވާ ކަމަށް މުވައްހިދު ވިދާލުވި އެވެ.  

ސެލިންކޯ އިން އަލަށް ތައާރަފްކޮށްފައިވާ ތަރޑް ޕާޓީ އިންޝިއުރެންސްގެ ތެރެއިން ސައިކަލަށް ދައްކަން ޖެހޭ އަގަކީ 205ރ. އެވެ. 

ސެލިންކޯ އިންޝިއުރެންސް ކުންފުނިން އަންނަނީ މޮޓޯރ އިންޝިއުރެންސް އާއި ހެލްތް އިންޝިއުރެންސް އާއި ޓްރެވެލް އިންޝިއުރެންސް އާއި ފަޔަރ އަދިވެސް ގިނަ އިންޝިއުރެންސް ޕްރޮޑަކްޓްތަކެއް ދޫކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް