18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އައިފާ އެވޯޑް

އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

  • ކާރްތިކްގެ އެންމެ ފާހަގަކޮށްލެވޭ ނެށުމަކީ ސްވާގް ސޭ ސަވާގަތް ލަވައަށް ހުށަހަޅާދިން ނެށުން
  • ކާރްތިކް ވަނީ އައިފާ އެވޯޑްގެ ބައެއް ސެގްމެންޓްތައް ވެސް ހުށަހަޅާދީފައި
އަމްނާ އިމާދު | @amnabinthimad

| 26 ޖޫން 2018 | އަންގާރަ 12:23 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  4. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ނެށުމަށްފަހު އޭނަގެ މަޝްހޫރުކަން ވަނީ އިތުރުވެގެން ގޮސްފައި -- އާކައިވް

އިންޑިއަން އިންޓަނޭޝަނަލް ފިލްމް އެވޯޑްސް (އައިފާ) އެވޯޑްގައި ކާރްތިކް އާރްޔަން ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި އެވެ.

ގިނަ ބައެއްގެ ހިތްތަކުން ކާރްތިކް ޖާގަ ހޯދަފައިވަނީ އައިފާ އެވޯޑް ހަފްލާގައި އޭނަ ހުށަހަޅާދިން ނެށުންތަކުންނެވެ. މަޝްހޫރުކަން ހޯދާފައިވާ ލަވަތަކަށް ކާރްތިކް ނެށުންތައް ހުށަހަޅާދީފައިވާއިރު އެންމެ ފާހަގަކޮށްލެވޭ ނެށުމަކީ ސަލްމާން ހާން ކުޅެފައިވާ މަޝްހޫރު ލަވައެއް ކަމަށްވާ ސްވާގް ސޭ ސަވާގަތް ލަވަޔަށް ކާރްތިކް ހުށަހަޅާދިން ނެށުމެވެ.

ކާރްތިކްގެ މިރީތި ނެށުމަށް މުޅި އޯޑިއަންސްގެ ފުރިހަމަ ތަރުހީބު ވަނީ ލިބިގެން ގޮސްފަ އެވެ.

ކާރްތިކްގެ މިހުށަހެޅުމުގެ އިތުރަށް އޭނާ ވަނީ އައިފާ އެވޯޑްގެ ބައެއް ސެގްމެންޓްތައް ވެސް ހުށަހަޅާފަ އެވެ. ކާރްތިކް އަކީ އަރަމުން އަންނަ ތަރިއަކަށްވާއިރު އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ސޮނު ކި ޓިޓޫ ކި ސްވީޓީ އަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

އާދިއްތަ ދުވަހުގެރޭ ބެންކޮކްގެ ސިއަމް ނިރަމިތް ތިއޭޓާގައި ކުރިއަށް ދިޔަ މި އެވޯޑް ހަފްލާ ހުށަހަޅައިދީފައިވަނީ ކަރްން ޖޯހަރާއި ރިތޭޝް ދޭޝްމުކެވެ.

މިފަހްލާގައި ކާރްތިކްގެ އިތުރުން ރޭކާ، ރަބީރު ކަޕޫރު، ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ކްރިތީ ސެނޯން، އަނިލް ކަޕޫރު، ކަރަން ޖޯހަރު، ބޮބީ ޑިއޯލް އަދި ލޫލިއާ ވަންތުރު ވަނީ ޕާފޯމް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް