23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް

ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް

 • 2012 ވަނަ އަހަރު ރަށްޓެހިވި ކާންޔޭއާއި ކިމް ކައިވެނިކޮށްފައިވަނީ މޭ 2014ގައި
 • އަޅުވެތިކަމާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކެއްގެ ސަބަަބުން ކިމް ވަރި ކޮށްފާނެކަމަށް ހީކުރި ކަމަށް ކާންޔޭ ބުނި
 • ނަމަވެސް ކިމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފިރިމީހާގެ ދިފާއުގައި ވާހަކަ ދައްކާފައި
އައިޝަތު ޝާނީ | Shaaknee

| 26 ޖޫން 2018 | އަންގާރަ 12:21 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކާންޔޭ ވެސްޓް -- ޓްވިޓަރ

އަޅުވެތިކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން އަންހެނުން އޭނާ ވެރިކޮށްފާނެކަމުގެ ބިރު ހީވިކަމަށް އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ބުނެފިއެވެ.

ކާންޔޭގެ އަންހެނުންނަކީ ފެޝަން އައިކަން އަދި މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ވެސްޓެވެ. 2012 ވަނަ އަހަރު ދެ މީހުން ރަށްޓެހި ވެފައިވާ އިރު، ކައިވެނިކޮށްފައިވަނީ މޭ 2014 ގައެވެ. އަދި މިހާރު އެ މީހުންގެ ތިން ކުދިން އެބަ ތިއްބެވެ. އެއީ ނޯތު، ސެއިންޓް އަދި ޝިކާގޯ ވެސްޓެވެ.

މި އަހަރުގެ މޭ މަހު ޓީއެމްޒީއަށް ދިން އިންޓަވިއުއެއްގައި ކާންޔޭ ބުނެފައިވަނީ، "400 އަހަރު ވަންދެން އަޅުވެތިކަން ކުރިއަށް ދިޔަ ވާހާކަ އަޑު އިވުނީމަ ބޮޑަށް ހީވަނީ އެއީ އަމިއްލަ އިހްތިޔާރެއް ހެން"ކަމަށެވެ.

އޭގެ ފަހުން، މި މަހު ދަ ނިއު ޔޯކް ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކާންޔޭ ބުނީ އެކަމުގެ ސަބަބުން ކިމްއާ ދޭތެރޭ މައްސަލަތަކެއް އުފެދުނު ކަމަށާއި ވަރިވުމާ ބެހޭ ގޮތުން ދެ މީހުން ވާހަކަ ވެސް ދެއްކި ކަމަށެވެ. ނަމަވެސް ކާންޔޭ މިހާރު ބުނަނީ އޭނާ ބުނި އެއްޗެހި ޓީއެމްޒީން ބޮޑު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ވަރިފަށަށް އެރިކަމަށް ދޭހަވާ ގޮތަށް ކާންޔޭ ވާހަކަ ދެއްކި ނަމަވެސް އާންމުންނަށް އެ މަންޒަރު ދައްކާފައެއް ނުވެއެވެ. އަދި އޭގެ ބަދަލުގައި ކިމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފިރިމީހާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

އޭގެ ފަހުން "ޔޭ"ގެ ނަމުގައި އޭނާ އަލްބަމެއް ނެރެފައިވާ އިރު، އާގައި ނަފްސާނީ ބަލިތަކާ އަމިއްލައަށް މަރުވާން ވިސްނާފައިވާކަން އޭނާ ހާމަ ކުރިއެވެ. އަދި އަލްބަމްގެ ކަވަރގައު ލިޔެފައިވަނީ "އައި ހޭޓް ބީންގ ބައި-ޕޯލާ، އިޓް އޯސަމް"އެވެ.

މި އަހަރުގެ މޭ މަހު ކާންޔޭ ދެއްކި ހަމަ އެކަނީ ކޮންޓްރޮވަރޝަލް ވާހަކައަކީ އަޅުވެތިކަމާ ބެހޭ ވާހަކަ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ވަނީ ނަސްލީ ތަފާތު ކުރުން ގެންގުޅޭކަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާ ވާހަކަ ދައްކާށެވެ. އޭގެ ފަހުން ކިމް ވެސް ވަނީ ޓްރަމްޕާ ބައްދަލުކޮށްފައެވެ. ގައިދީ އަކު މިނިވަން ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް