14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ޝާހް ރުކް ހާން

ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ

 • ޝާހް ރުކްގެ ފުރަތަމަ ފިލްމް 'ދީވާނާ' ރިލީޒްކޮށްފައިވަނީ 1992 ވަނަ އަހަރު
 • އޭނާގެ އެކްޓިންގ ކެރިއާ ފަށާފައިވަނީ 1980ގެ މަޝްހޫރު ސީރީޒެއްކަމަށްވާ 'ފައުޖީ'ން
 • ޝާހް ރުކްގެ ފުރަތަމަ ރޯލަށް އޭނާއަށް ފިލްމްފެއާ އެވޯޑެއްވަނީ ލިބިފައި
އައިޝަތު ޝާނީ | Shaaknee

| 26 ޖޫން 2018 | އަންގާރަ 11:38 | |

މަގުބޫލް

 1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
 2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
 3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
 4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
 5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
 6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
 7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
 8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


ޝާހް ރުކް ހާން -- ގޫގުލް

ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ އިންޑިއާގެ ފިލްމީ ތަރި، ޝާހް ރުކް ހާންގެ ފުރަތަމަ ފިލްމް 'ދީވާނާ' ރިލީޒް ކުރިތާ 26 އަހަރު ވެއްޖެއެވެ.

1992ގައި ފިލްމް ރިލީޒްކޮށްފައިވާ އިރު، ފިލްމްގެ މައި ރޯލުތަކުން ފެންނަނީ ރިޝީ ކަޕޫރާއި ދިވްޔާއެވެ. ފިލްމުން އަލަށް ފެނިގެންދާ ޝާހް ރުކް އަށް މީހުންގެ ސަމާލުކަން ދިޔައެވެ. ނަމަވެސް މި ރޯލް ފުރަތަމަ ދީފައިވަނީ އަރްމާން ކޯލީއަށެވެ. އަދި އޭނާ ވަނީ ފިލްމްގެ ބައެއް މަންޒަރުތަކާ ޕްރޮމޯ ފޮޓޯތައް ވެސް ނަގާފައެވެ. ނަމަވެސް ސަބަބުތަކާ ހުރެ، އެ ރޯލް ފަހު ވަގުތު ލިބުނީ ޝާހް ރުކް އަށެވެ.

"އަހަރެންގެ ކާމިޔާބީގެ ސަބަބަކީ އަރްމާން ކޯލީ"، އޭނާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޝާހް ރުކްގެ ފުރަތަމަ ރޯލަށް އޭނާއަށް ފިލްމްފެއާ އެވޯޑެއްވަނީ ލިބިފައެވެ.

ޝާހް ރުކް ފިލްމީ ދާއިރާގައި އުޅޭތާ 26 އަހަރު ފާހަގަ ކުރާއިރު، އޭނާ ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެވެ.

އޭނާ ބުނީ، އެހެން މީހުންނަށް ވެގެން ލޯތްބާއި، އުފަލާއި ހިތާމަވެރިކަމާއި ނެށުންފަދަ ކަންތައް ބެލުންތެރިންނަށް ގެނެސްދޭތާ 26 އަހަރު ވެފައިވާ އިރު މުޅި އުމުރަށް އެކަންތައްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޝާހް ރުކް ގެ ފުރަތަމަ ފިލްމަށް "ދީވާނާ"ވީ ނަމަވެސް އޭނާގެ އެކްޓިންގ ކެރިއާ ފަށާފައިވަނީ 1980ގެ މަޝްހޫރު ސީރީޒެއްކަމަށްވާ 'ފައުޖީ'ންނެވެ. އަދި އޭނާ ސުޕަރސްޓާރަކަށް ހަދައިދިނީ އޭނާގެ ދެވަނަ ފިލްމް 'ބާޒީގަރް'އެވެ. އޭގައި ޝާހް ރުކް ފެންނަނީ ނުބައިބާ ރޯލްއިންނެވެ.

ޝާހް ރުކްގެ ކެރިއާގައި އެންމެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 'ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔެގޭ'، 'ކުޗް ކުޗް ހޯތާ ހޭނ'، ޔޭސް ބޮސް'، 'ދޭވްދާސް'، 'ކަލް ހޯ ނާ ހޯ'، 'ޗަކް ދޭ! އިންޑިއާ'، 'ޗެންނާއި އެކްސްޕްރެސް' އަދި 'ޑިއަރ ޒިންދަގީ' ހިމެނެއެވެ.

އޭނާ ދެން ފެނިގެން ދާނީ އާނަންދު އެލް ރާއިގެ 'ޒީރޯ'އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް