25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ކާޑީ ބީ - އޮފްސެޓް

ސެޕްޓެމްބަރ 2017 ގައި އޮފްސެޓްއާ ކައިވެނި ކޮށްފައިވާކަމަށް ކާޑީ ބީ އެއްބަސްވެއްޖެ

 • ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު
 • އެންގޭޖްވެފައިވާކަން އިއުލާންކޮށްފައިވަނީ އޮކްޓޯބަރގައި
 • ކާޑީ ވަނީ ބަލިވެއިން ކަން މި އަހަރުގެ އޭޕްރިލް މަހު ހާމަކޮށްފައި
އައިޝަތު ޝާނީ | Shaaknee

| 26 ޖޫން 2018 | އަންގާރަ 10:57 | |

މަގުބޫލް

 1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
 6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


ކާޑީ ބީ އާއި އޮފްސެޓް -- އާކައިވް

2017 ވަނަ އަހަރު އެންމެ ކާމިޔާބު އެއް ލަވަކަމަށްވާ "ބޮޑެކް ޔެލޯ" ކިޔާފައިވާ ކާޑީ ބީ ކައިވެނި ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

ކާޑީ އާއި ލޯބިވެރިޔާ އޮފްސެޓް ކައިވެނި ކުރަން އެންގޭޖްވެފައިވާކަން އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހެވެ. ކާޑީ ގާރު ކައިވެނި ކުރުމަށް އޮފްސެޓް އަހާފައިވަނީ ސްޓޭޖް މަތީ ޕަރފޯމް ކުރަމުންނެވެ. އޮފްސެޓްއަކީ މިގޯސް ބޭންޑަށް ނިސްބަތްވާ ކާމިޔާބު ރެޕް އާޓިސްޓެކެވެ.

އަދި އެންގޭޖްވިތާ ދުވަސްކޮޅެއް ފަހުން ކާޑީ ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފެށިއެވެ. އެއަށް އެއްޗެކޭ ނުބުނެ ހުރުމަށް ފަހު ކާޑީ ވަނީ ބަލިވެއިން ކަން މި އަހަރުގެ އޭޕްރިލް މަހު ހާމަކޮށްފައެވެ.

ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން، ކާޑީއާއި އޮފްސެޓްވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައިވެނިކޮށްފައެވެ.

ޓްވިޓަރ މެދުވެރިކޮށް ކާޑީ ވަނީ މިކަންތައް ތެދުކޮށްފައެވެ.

"އަހަރެންގެ ހަޔާތުގެ ބައެއް ބައިތައް ދުނިޔެއާ ހިއްސާ ކުރަން ބޭނުން، އަނެއް ބައިތައް ހިއްސާ ކުރާކަށް ބޭނުމެއް ނުވޭ. ކައިވެނި ކުރުމަކީ އެފަދަ ކަމެއް. އަހަރަމެންގެ ރިލޭޝަންޝިޕް އޭރު ވަރަށް އާ. ދެ މީހުން އަދި ބޮޑުވާން ޖެހޭ އެކަމަކު އެކަކު އަނެކަކު ގެއްލެން ބޭނުން ނުވީ،" 25 އަހަރުގެ ކާޑީ ކިޔައި ދިނެވެ.

އެއް ދުވަހު ހޭލާފަ ދެ މީހުންވެސް ކައިވެނު ކުރަން ބޭނުންވީ ކަމަށާއި، "އެއްވެސް މޭކަޕެއް، އަނގޮޓިއެއް ނެތި" ހަމަ އިނީ ކަމަށެވެ. އަދި އެ ކުޑަ ހަފްލާގައި ދެ މީހުންގެ އިތުރުން ބައިވެރިވީ ކައިވެނި ކޮށްދިން ފަރާތާއި ކާޑީގެ ތިމާގެ މީހެއްކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް