16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މަންޑޭލާ ފައުންޑޭޝަން

މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ޖަލްސާއަށް އޮބާމާއަށް އެރުވި ދައުވަތު ގެންދިއުމަށް ގޮވާލައިިފި

  • ދައުވަތު އަނބުރާ ގެންދިއުމަކަށް ނުވިސްނާ
  • ކަންބޮޑުވުމާއިމެދު ފުންކޮށް ވިސްނަން: މަންޑޭލާ ފައުންޑޭޝަން
އަބުދުﷲ މުހައްމަދު | 8Abbo

| 26 ޖޫން 2018 | އަންގާރަ 10:33 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ނެލްސަން މަންޑޭލާގެ ޖަނާޒާގައި ރައީސް ބަރަކް އޮބާމާ ތަގުރީރުކުރައްވަނީ -- ބީބީސީ

އަންނަ މަހު ބާއްވާ ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ތަގުރީރުކުރެއްވުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ދައުވަތު އަރުވާފައިވާތީ އެކަމާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފިއެވެ.

ކޭގް އެފްރިކާ އެޑްވޮކަސީ ގްރޫޕުން ބުނީ އޮބާމާގެ ވެރިކަމުގެ އަށް އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާ ތަކާ އެކު އެފްރިކާގައި ހިންގި އަސްކަރީ އޮޕަރޭޝަން ފުޅާކުރުމަކީ ރައީސް އަދި އަސްކަރިއްޔާގެ ވެރިޔާގެ ހައިސިއްޔަތުން ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކަމަށެވެ.

އެ ޖަމާއަތުން މި މަހުގެ ކުރީކޮޅު އާއްމުކޮށްފައިވާ ސިޓީގައި ވަނީ "މި މީހާއަށް" އެ ޕްލެޓްފޯމް ދިނުން ވެގެންދާނީ ނެލްސަން މަންޑޭލާ އެ ކަންކަމަކާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ކަންކަމަށް އާބަސްބުން ކަމަށެވެ.

ނަސްލީ އިމްތިޔާޒްތަކާއި ދެކޮޅަށް މަސައްކަތްކުރެއްވި ޝަޚްސިއްޔަތުގެ އުފަން ގައުމުގައި ބާއްވާ، ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ލެކްޗަރ ތާވަލުކުރެވިފައި ވަނީ ޖުލައި މަހުގެ 17 އަށެވެ.

ގާތް ގަނޑަކަށް 9،000 އެއްހާ މީހުން ހާޒިރުވާ މި ބައްދަލުވުމުގައި ރައީސް އޮބާމާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި އޮތީ މަންޑޭލާގެ ލެގަސީ އާކުރުމާއި ބަދަލުވަމުންދާ ދުނިޔޭގައި ހަރަކާތްތެރި ރައްވެހިކަން ކުރިއެރުވުމުގެ މައްޗަށެވެ.

ކޭޖް އެފްރިކާގެ ތަރުޖަމާނު ކަރެން ޖަޔެސް އަލްޖަޒީރާގައި ބުނެފައި ވަނީ ދައުވަތު އަނބުރާ ނުގެންގޮސްފިނަމަ އެ ޖަމާއަތަކީވެސް މަންޑޭލާގެ ލެގެސީ ބަދަލުކުރުމަށް އުޅޭ ޖަމާއަތެއް ކަމަށް ކުރާ ތުހުމަތަށް އިތުރު ބާރު ލިބިގެންދާނެކަމަށެވެ.

ކޭޖް އެފްރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ ދައުވަތު އަނބުރާ ގެންދަން ނިންމާފައިވާ ކަމެއް ނުވަތަ ނޫންކަން އެ ޖަމާއަތުން ހާމަކޮށްފައި ނުވި ނަމަވެސް އެ ޖަމާއަތުން ބުނެފައި ވަނީ އެ ކަންބޮޑުވުންތަކާ މެދު އެ ޖަމައާތުން ސީރިއަސް ގޮތެއްގައި ވިސްނަމުންދާ ކަމަށެވެ.

ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ ތަރުޖަމާނު ލުންގާ ނެނޭ ވިދާޅުވީ އެ ހަފްލާގައި ތަގުރީރު ކުރެއްވުމަށް އޮބާމާ ހޮވުނީ މަންޑޭލާ އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުން 2018 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ކަމެއްގެ ގޮތުގައި ކަމަށެވެ.

ނެނޭ ވިދާޅުވީ އޮބާމާއަކީ ކުރީގެ ރައީސް އަދި ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒާއި ދެކޮޅަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލައްވާފައިވާ މަންޑޭލާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމަށް 2009 ވަނަ އަހަރު އޮބާމާ ވަޑައިގެންނެވިއިރު އެ މަނިކުފާނަކީ އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވި ކަޅު ނަސްލުގެ ފުރަތަމަ ރައީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް