22 ސެޕްޓެންބަރ 2018 | ހޮނިހިރު | 03 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: އީރާނާއި އެއްވަރުކޮށް ޕޯޗުގަލް ދެވަނަ ބުރަށް

  • މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖޫން 2018 | އަންގާރަ 02:11 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  6. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި


ޕޯޗުގަލްގެ ލަނޑު ޖެހި ކުއަރެސްމާ (ވ) ރޮނާލްޑޯއާއެކު އުފާފާޅުކުރަނީ -- ފީފާ

ފީފާ ވާރލްޑް ކަޕްގައި އީރާނާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއިން ހޯދައިފިއެވެ.

މޯޑޯވިއާ އެރީނާގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕް ފަހުން މި ދެ ޓީމުގެ މެދުގައި ވާރލްޑް ކަޕެއްގައި ކުޅެވުނު ފުރަތަމަ މެޗެވެ. މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގައި ޔޫރަޕުގެ ޓީމުތަކާއި ދެކޮޅަށް ކުޅުނު މެޗުތަކުން އީރާން މޮޅުވެފައެއް ނުވެއެވެ. އީރާންގެ ޓީމުން އެއް ބަދަލު ފެނިގެންދިޔައިރު ޕޯޗުގަލްއިން ވަނީ ތިން ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޗުގަލްއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ޖަހައިދިނީ ރިކާޑޯ ކުއަރެސްމާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕޯޗުގަލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ރޮނާލްޑޯ ޖެހި ޕެނަލްޓީ އީރާންގެ ކީޕަރު ދިފާއުކުރިއެވެ. މެޗުގައި އީރާނުން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ވީއޭއާރް މެދުވެރިކޮށް ރެފްރީ ދިން ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ކަރިމް އަންސަރީ ފަރަދްއެވެ. އޭގެ މިނެޓެއް ފަހުން މެޗުން މޮޅުވުމަށް މެހްދީ ތަރޭމީއަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

މިއީ ވާރލްޑް ކަޕްގެ ތާރީހުގައި ގްރޫޕް ފިޔަވަހި ފަހަނައަޅައި ޕޯޗުގަލްއިން ދިޔަ ހަތަރުވަނަ ފަހަރެވެ. މި މެޗުގައި ޕޯޗުގަލްއިން ޖެހި ލަނޑު ޖެހި ރިކާޑޯ ކުއަރެސްމާ ވެގެންދިޔައީ ވާރލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެއްގައި ލަނޑު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ރޮނާލްޑޯ ވެގެންދިޔައީ 1966 ވަނަ އަހަރުގެ ފަހުން މެޗެއްގެ ތެރެއިން ޕެނަލްޓީއެއް ބޭކާރުކޮށްލި ޕޯޗުގަލްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި މޮރޮކޯއިން ވަނީ 2-2 އިން ޕޯޗުގަލް ހިފަހައްޓާފައެވެ.   

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ސްޕެއިން ހޯދިއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޖެހި ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ. ތިންވަނަ ތިން ޕޮއިންޓާއެކު އީރާނަށް ލިބުނުއިރު މޮރޮކޯ ކެޓީ އެއް ޕޮއިންޓާއެކުއެވެ.

ދެވަނަ ބުރުގައި ރަޝިއާ އާއި ދެކޮޅަށް ސްޕެއިން ނުކުންނައިރު ޕޯޗުގަލް ނުކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް