17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައި ގްރޫޕްގް އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް

  • މޮރޮކޯ އަދި ސްޕެއިން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން
  • ދެވަނަ ބުރުގައި ސްޕެއިން ނުކުންނާނީ ރަޝިއާ އާއި ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 26 ޖޫން 2018 | އަންގާރަ 01:46 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ސްޕެއިންގެ އިނިއެސްޓާ ބޮލުން ބޯޅައިގައި ޖަހަނީ - މިއަހަރުގެ ގްރޫޕް ފިޔަވަހީގައި ކުޅުނު އެއްވެސް މެޗަކުން ސްޕެއިން ބަލިވެފައެއް ނުވޭ -- ފީފާ

ފީފާ ވާރލްޑް ކަޕްގައި މޮރޮކޯއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ސްޕެއިނުން ހޯދައިފިއެވެ.

ކަލިނިންގްރެޑް ސްޓޭޑިއަމްގައި މޮރޮކޯ އަދި ސްޕެއިން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ތިންވަނަ މެޗަށްވާއިރު އެންމެފަހުން މި ދެ ޓީމުގެ މެދުގައި މެޗެއް ކުޅެފައިވަނީ 1962 އަހަރުގެ ވާރލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައެވެ. ސްޕެއިންގެ ފުރަތަމަ އެގާރައިން މި މެޗުގައި އެއް ބަދަލު ފެނިގެންދިޔައިރު މޮރޮކޯއިން ވެސް ވަނީ އެއް ބަދަލު ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މޮރޮކޯއިން ކުޅެފައިވަނީ ޑިފެންސަށް ވިސްނައިގެންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖެހީ މޮރޮކޯއިންނެވެ. ސާޖިއޯ ރާމޯސްއަށް ސާފު ނުކޮށްލެވުނު ބޯޅައެއްގެ ފައިދާ ނަގައިގެން މޮރޮކޯއަށް މެޗުގައި ލީޑު ނަގައިދިނީ ޚާލިދް ބޯޓިބްއެވެ. ސްޕެއިނުން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިސްކޯއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސްޕެއިނުން ވަނީ އިތުރަށް ކުރިޔަށް ޖެހިގެން ކުޅެފައެވެ. ސްޕެއިނުން ވަނީ މޮރޮކޯގެ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސްޕެއިން ރަނގަޅަށް ކުޅެމުން ދަނިކޮށް އަނެއްކާ ވެސް ލަނޑު ޖަހާ ލީޑު ނެގީ މޮރޮކޯއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެން ނެސޭރީއެވެ. ސްޕެއިންއަށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެއްވަރުކޮށްދިނީ އިއާގޯ އަސްޕާސްއެވެ.

މި މެޗާއެކު މިއަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހި ސްޕެއިނުން ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެންމެފަހުން އެއްވެސް މެޗަކުން ބަލިނުވެ ސްޕެއިން ވާރލްޑް ކަޕެއްގެ ގްރޫޕް ފިޔަވަހި ނިންމާލީ 2006 ވަނަ އަހަރު އޮތް ވާރލްޑް ކަޕްގައެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި އީރާނުން ވަނީ 1-1 އިން ޕޯޗުގަލް ހިފަހައްޓާފައެވެ.  

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ސްޕެއިން ހޯދިއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ޕޯޗުގަލްއަށެވެ. ތިންވަނަ ތިން ޕޮއިންޓާއެކު އީރާނަށް ލިބުނުއިރު މޮރޮކޯ ކެޓީ އެއް ޕޮއިންޓާއެކުއެވެ.

ދެވަނަ ބުރުގައި ރަޝިއާ އާއި ދެކޮޅަށް ސްޕެއިން ނުކުންނައިރު ޕޯޗުގަލް ނުކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް