24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

އީރާން މުޒާހަރާ

މުޒާހަރާތަކާއިއެކު ތެހެރާން ހުއްޓުމަކަށް

  • މިއީ 2012 ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ބޮޑު މުޒާހަރާ
  • ތަކެތީގެ އަގު ބޮޑުވުމާއި ފައިސާގެ އަގު ދަށްވުމުން އީރާނުގެ ރައްޔިތުން ތިބީ މާޔޫސްވެފައި
މިއުވާން މުހައްމަދު | Miuvaan

| 26 ޖޫން 2018 | އަންގާރަ 01:28 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ވިޔާފަރި ހުއްޓާލުމަށްފަހު ތެހެރާންގައި މުޒާހަރާކުރަނީ -- ސޯޝަލް މީޑިއާ

އީރާނުގައި ތަކެތީގެ އަގު ބޮޑުވެ، އެޤައުމުގެ ފައިސާގެ އަގު ދަށްވަމުން ދިޔުމާއި ގުޅިގެން ވެރިރަށް ތެހެރާންގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. 

އާދިއްތަ ދުވަހު ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ އެމީހުންގެ ފިހާރަތައް ބަންދުކޮށް، މުޒާހަރާކުރަމުންދިޔަ އެތައް ހާސް ބަޔަކާއި ގުޅިފައެވެ. ތެހެރާންގައި ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް އީރާން ފުލުހުން ވަނީ ކަރުނަ ގޭސްވެސް ބޭނުންކޮށްފައެވެ. ކަރުނަ ގޭސް ބޭނުންކޮށްފައިވަނީ މުޒާހަރާގެ ބައިވެރިން ޤާނޫނު ހަދާ މަޖިލީހާއި ދިމާއަށް މިސްރާބު ޖެހުމުންނެވެ. 

މިއީ 2012 ވަނަ އަހަރު އީރާނުގައި ކުރި މުޒާހަރާތަކުގެ ފަހުން އެޤައުމުގައި ބާއްވާ އެންމެ ބޮޑު މުޒާހަރާތަކެވެ. އެފަހަރު ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަޅުޖެހެމުން ދިޔުމާއި ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ ކުރި މުޒާހަރާތަކުގެ ނަތީޖާތަކަށްވީ އީރާނުގެ ސަރުކާރު ބަދަލުވުމެވެ. އަދި އައު ސަރުކާރަށް ޖެހުނީ ބައިނަލްއަޤްވާމީ މުޖްތަމައުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރާށެވެ. 

އީރާނުގެ މަސްރަހު ހޫނުވެ، އަނެއްކާވެސް މުޒާހަރާތައް މިފެށުނީ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި ގުޅިގެން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އެކަމުގެ ސަބަބުން އީރާނުގެ އިޤްތިޞާދަށް ކުރާނެ އަސަރު ނޭނގުމެއްގެ ތެރޭގައި ވުމާއި ގުޅިގެން ތަކެތީގެ އަގުތައް ބޮޑުވާން ފެށުމުންނެވެ. އަދި ނުރަސްމީ ބާޒާރުގައި އީރާން ރިއާލްގެ އަގު އެމެރިކާ ޑޮލަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ އަގުހެޔޮ ވެފައެވެ. 2017 ވަނަ އަހަރު ނިމުނު އިރު ޑޮލަރަކަށް 42،890 ރިއާލް ލިބުނުއިރު، ނިއުކްލިއަރ އެއްބަސްވުމުން ވަކިވާން އެމެރިކާ ނިންމިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރި އިރު ޑޮލަރެއްގެ އަގު ހުރީ 65،000 ރިއާލްގައެވެ. އެހެންނަމަވެސް މިހާރު ޑޮލަރަކަށް ޖެހޭ އަދަދު 90،000 ރިއާލްއަށް ވަނީ އަރާފައެވެ. 

އީރާނުގެ ފައިސާގެ އަގު ހިފެހެއްޓުމަށް މިދިޔަ އެޕްރީލް މަހު ސަރުކާރުން ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ޑޮލަރަކަށް ޖެހޭ ރިއާލްގެ އަދަދަކީ 42،000 ކަމަށް ރަސްމީކޮށް ކަނޑައަޅައި، އެ އަދަދުން ނޫން އަދަދަކުން ޑޮލަރު މާރުނުކުރުމަށް ފައިސާ މާރުކުރާ ފަރާތްތަކަށް އެންގިއެވެ. އެހެންނަމަވެސް އެ އަގު ހިފެހެއްޓިފައެއް ނުވެއެވެ.

އާދިއްތަ ދުވަހުވެސް ތެހެރާންގެ ވިޔަފާރީގެ މައި 2 މަރުކަޒެއްގައި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކުގެ ވެރިން ވަނީ ވިޔަފާރި ބަންދުކޮށް މުޒާހަރާކޮށްފައެވެ. އެމުޒާހަރާތައް ވިޔަފާރިވެރިން ހުއްޓާލީ ވިޔަފާރިވެރިން ތަކެތި ގަންނަން ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެޤައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރ ދެއްވީމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް