22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެޑިއުކޭޝަން

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

 • އިތުރަށް ފޯމް ހުށަހަޅާފައިވާނަމަ ދަރިވަރުން ހޮވުމުގައި ބަލާނީ "އޯލެވެލް ނެޝަނަލް ޓޮޕްޓެން" ހޮވުމުގައި ބޭނުންކުރާ މިންގަނޑަށް
 • މިއަދުން ފެށިގެން ވަންނަން އެދޭ ފޯމް ދޫކުރާނެ
 • ފޯމް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަސް
މުހައްމަދު ފަޒީން | phaxyn

| 17 ޖެނުއަރީ 2017 | އަންގާރަ 15:43 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ސީއެޗްއެސްއީގެ ދަރިވަރުންތަކެއް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން މި 2017 ވަނަ އަހަރު އެ ސެންޓަރަށް ވަންނަން އެދޭ ދަރިވަރުންނަށް ޖާގަ ދެވެން އޮތީ 550 އާއި 575 އާ ދެމެދުގެ އަދަދަކަށް ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

 

ސީއެޗްއެސްއީން ބުނީ އެ އަދަދަށް ވުރެ އިތުރަށް ޝަރުތު ފުރިހަމަވާ ދަރިވަރުން ވަންނަން އެދި ފޯރމް ހުށަހަޅާފައި ވާނަމަ، ދަރިވަރުން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް އިސްކަން ދޭނެ ކަމަށެވެ.

 

އެ ނަތީޖާ ކަނޑައެޅުމުގައި ބަލާނީ "އޯލެވެލް ނެޝަނަލް ޓޮޕްޓެން" އަށް ހޮވުވުމުގައި ބޭނުންކުރާ މިންގަނޑު ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ. އެއީ ކޮންމެ "އޭ*" ގްރޭޑަކަށް 12 ޕޮއިންޓް، "އޭ" ގްރޭޑަކަށް 12 ޕޮއިންޓް، "ބީ" ގްރޭޑަކަށް ނުވަ ޕޮއިންޓް އަދި "ސީ" ގްރޭޑަކަށް ހަތް ޕޮއިންޓް ދޭ ގޮތަށެވެ. އަދި ކުދިން ހޮވާނީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު ހަތަރު މާއްދާ ހިމަނައިގެން ޖުމްލަ އަށް މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެން ކަމަށް އެ ސެންޓަރުން ބުނެއެވެ.

 

ސީއެޗްއެސްއީއަށް ވަނުމަށް އެދޭ ފޯރމް ޖެނުއަރީ 17 ވަނަ ދުވަހުން ފެށިގެން ދޫކުރަމުންދާއިރު، ހުށަހަޅަޖެހޭ ތަކެއްޗާ އެކު އެ ފޯރމް ސީއެޗްއެސްއީއަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

 

މި އަހަރު ސީއެޗްއެސްއީގައި ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ލިސްޓް އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެސެންޓަރުގެ ނޯޓިސް ބޯޑުގައި އާއްމު ކުރާނެ ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

 

މި އަހަރު ސީއެޗްއެސްސީއަށް އަލަށް ވަންނަ ގްރޭޑް 11 ގެ ދަރިވަރުންނަށް ލިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް